ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށި ކައުންސިލާ ހަވާލު ކޮށްފި

ކ. މާފުށްޓަށް އަލަަށް އިތުރު ކުރި ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ކ. މާފުށްޓަށް އަލަަށް އިތުރު ކުރި ބިން އަދި ޕިކްނިކް އައިލެންޑް ހަވާލު ކުރުމަށް މިއަދު މާފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ކެބިނެޓްގެ މިނިސްޓަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި އެމްޓީސީއާއި ޕްލޭނިން ސޮއި ކުރީ މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 2 ހެކްޓަރުގެ ބިން ހިއްކައި، 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހާފައެވެ. މި މަޝްރޫއަކީ 89.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝަރޫއުގެ އަމަލީ މަސައްކަތް ނިންމާލެވުނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
.
ޕިކްނިކް އައިލެންޑް" ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، ކުޅިވަރު ކުޅުމަށާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށާއި، އަދި ކުޑަކުދީންނަށް ހާއްސަ ކުރެވިފައިވާ މި ޒަމާނުގެ ހުރިހާ ލުއިފަސޭހަތަކާއި ހިދުމަތްތައް ހިމެނޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ