ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިގެން ފަރުވާ ދެނީ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިގެން ފަރުވާ ދެނީ

ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކުގެ ޓަވަރަކުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ ވެއްޓުނީ ވިނަރެސް 8 އިން ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާގެ ހާލާ ގުޅޭ މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަ ގޮތުގައި އެ މީހާ ވެއްޓިފައި އޮތީ ފޭސް ދޭއްގައި ހުންނަ ޗާންދަލިޔާ ބުކްޝޮޕް ކުރިމައްޗަށެވެ.
މި ހާދިސާގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ