ބައެއް އަންހެނުންގެ އެކުވެރިންގެ ޢަދަދު ތަންކޮޅެއް މަދުވުމުން އެކަން ނުބައިކޮށް މާނަކުރެވެއެވެ. ވިސްނެނީ އެއީ އޭނާގެ ބޮޑާކަމުން ނުވަތަ މީހުންނާއިއެކުގައި އުޅެން ނުއެނގޭތީ ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް ގިނަ ފަހަރު މުޅިން ތަފާތެވެ.
އޭނާ އެވިސްނަނީ ފައިދާކުރާނީ އެކުވެރިންގެ ޢަދަދު ގިނަވުމަކުން ނޫންކަމާއި މަދުނަމަވެސް ރަނގަޅު އެކުވެރިންގެ ސަބަބުން ކަމަށެވެ. އެހެންވެ ފައިދާއެއް ނުކުރާނެ ކަމެއްގައި ވަޤުތުތައް ހޭދަކުރަން ބޭނުންނުވަނީއެވެ. އެއްވެސް ފައިޑާއެއް ނުކުރާނެ ބައަކަށް އަމިއްލަ ދިރިއުޅުމުގެ ކަންކަން ޙިއްޞާކުރަން ބޭނުންނުވަނީއެވެ.
އޭނާ އެބުނަނީ އޭނާއާއިއެކު މާގިނަ އެކުވެރިން ނެތްނަމަވެސް ދިރިއުޅުމާއިގެން ކުރިއަށް ދިއުމުގެ ކުޅަދާނަކަން ނުވަތަ ޤާބިލުކަން އޭނާއަށް ލިބިފައިވާ ކަމަށެވެ! އޭނާ ކުރަްނ ބޭނުންވާ ކަންކަމަށް މާގިނަ ބައެއްގެ ކިބައިން ޚިޔާލު ބޭނުންނުވާ ކަމަށެވެ.
ގިނަ ފަހަރަށް އަންހެނުން މާގިނަ ބައަކާއި ގުޅިގެން ނުއުޅެން ނިންމަނީ ކުރެވޭ ތަޖުރިބާ ހިތިވީމައެވެ. ނުވަތަ ގިނަ އެކުވެރިން ގެންގުޅޭ މީހުންނަށް ކުރިމަތިވާ މައްސަލަތައް އެނގޭތީއެވެ.
އަހުރެން ބުނާނީ ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރަން އެންމެ ރަނގަޅުވާނީ އެކުވެރިން މަދު އަންހެނުން ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ ގިނަ ވަޤުތުތައް ބައިވެރިޔާއަށް ލިބޭނެތީއެވެ. ދެމަފިރިންގެ ދެމެދަށް ވަދެގަންނަން އުޅޭ ނުވަތަ ފިތުނަ އުފައްދުވަން އުޅޭ މީހުންވެސް މަދުވާނެތީއެވެ.
އެއިގެ އިތުރުން އޭނާއަކީ އަމިއްލަ ނަފްސަށް ފުރިހަމައަށް އިތުބާރުކުރާ މީހަކަށްވާނެތީއެވެ. އެފަދަ އަންހެނުންގެ ކުރިމަތީގައި އޭނާގެ ހުރިހާވެސް މީހަކަށްވާނީ އޭނާގެ ފިރިމީހާކަމަށްވާތީއެވެ.
- ޔަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
އަންހެނެއްގެ އެކުވެރިން މަދުވުމަކީ އޭނާގެ ޤާބިލުކަން ދައްކައިދޭ ކަމެއް! ކައިވެނިކުރުމުން އެންމެ ފައިދާކުރާނީވެސް އެފަދަ އަންހެނުންގެ ކިބައިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ