ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްއިން މިރޭ ބާއްވަން ނިންމި ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ފަސްކޮށްފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެފައިވަނިކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީއެންއެފުން ވަނީ ހަމަ އެ ގަޑީގައި އެ ޕާޓީން ވެސް ޖަލްސާ ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ނަމަވެސް އެ ޕާޓީން ދެންމެ ބުނީ ޕީއެންއެފްއިން މިރޭ ބާއްވަން ނިންމި ފްރޮންޓް އޮފީސް ޓައުން ހޯލް ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ. އެ ނިންމުން ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ވެސް ބުންޏެވެ.
އަދި އަންނަ އާދީއްތަ ދުވަހުގެ ރޭ ޖަލްސާ އޮންނާނެ ކަމަށް ބުންޏެވެ.
ޕީއެންއެފް ޖަލްސާތައް ބާއްވަނީ ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހީގަ އެވެ. ޕީއެންސީ ޖަލްސާ އޮތީ އާޓިފިޝަލް ބީޗްގަ އެވެ. ނަމަވެސް ޔާމީންގެ ގެކޮޅާ ހަމައަށް ވެސް ޖަލްސާގެ ބައިވެރީންގެ ސަފުތައް ފޯރާނެ ކަމަށް ބެލެވެ އެވެ.
މިރޭގެ ޖަލްސާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވޭތީ ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފަ އެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި މިރޭގެ ޖަލްސާ ފަސްކޮށްފިން: ޕީއެންއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ