މާލޭގެ އެމްޕީއެލް ބަނދަރާއި ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ހިނގި ޙާދިސާގައި ބިދޭސީ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި ނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. ބެލެވޭ ގޮތުގައި އެމީހާއަކީ ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން ނެގި މީހާއެވެ.
އެމީހާ ނަގައިފައިވަނީ ރަސްފަންނާއި ދިމާ ބޭރުކަން އެނގިފައިވެއެވެ.
އެ ޙާދިސާ ހިނގިއިރު މުޅި ޖުމްލަ 14 މީހުން އެ ކޮޅުވެއްޓީގައި ތިބިއިރު، އޭގެ ތެރެއިން ހަ މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މީގެ ކުރިން ފުލުހުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 15:44 ގައެވެ. އެ ޙާދިސާގެ ރިޕޯޓު ލިބުމާއި އެކު ފުލުހުންނާއި ސިފައިންގެ ޓީމުތައް އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލި ޙާދިސާ: ފަރުވާދެމުންދަނިކޮށް އެކަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ