އިމްރާންގެ 'އާވާރާޕަން 2'ގެ ކާސްޓަށް ޝަބާނާ

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމު "އާވާރާޕަން"ގެ ދެވަނަ ބައިގެ ކާސްޓާ ކުރީގެ މަގުބޫލު ބަތަލާ ޝަބާނާ އަޒްމީ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ވިޝޭޝް ބަޓް ޕްރޮޑިއުސްކޮށް ނިތިން ކައްކަރު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "އާވާރާޕަން 2"ގެ ކާސްޓާ ޝަބާނާ ގުޅުނުއިރު ބަތަލާ ފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ވަރަށް ވަރުގަދަ ރޯލެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ޝަބާނާ ފިލްމަށް ގެންނަން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ފިލްމުގައި ޝަބާނާ ދައްކުވައިދޭ ކެރެކްޓާއަށް އެންމެ ފެތޭ ފިލްމީ ތަރިއަކީ ބަތަލާ ކަމަށް ޑައިރެކްޓަރު ވިޝޭޝް ބަޓް ވަނީ ބުނެފައެވެ. މި ފިލްމަކީ ވިޝޭޝް ފިލްމްސްއާ އެކު ޝަބާނާ މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ހަމައެއާއެކު މިއީ އިމްރާންއާ އެކު ޝަބާނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ފިލްމު "އާވާރާޕަން 2"ގެ ލީޑް ތަރިން ކަމަށްވާ އިމްރާން ހާޝިމީ އަދި ދިޝާ ޕަޓާނީ--ފޮޓޯ/އިންސްޓަގްރާމް ފިލްމު "އާވާރާޕަން 2"ގެ ކާސްޓާ ޝަބާނާ ގުޅުނުކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންވެ, މިވަގުތަށް ބަތަލާ ފިލްމުގައި ކުޅޭ ކެރެކްޓާއާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް ވިޝޭޝް ފިލްމްސްއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ. މި ފިލްމުގެ ޝޫޓިންގް ތައިލެންޑް އާއި ބެންގްކޮކްގައި ފެށިފައިވާއިރު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ވިޝޭޝްގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިމްރާނާ އެކު ބަތަލާ ދިޝާ ޕަޓާނީ މުހިއްމު ރޯލުން ފެންނާނެ "އާވާރާޕަން 2" ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ ތިންވަނަ ދުވަހެވެ. ފިލްމު "އާވާރާޕަން 2" އަކީ 2014 ވަނަ އަހަރު ޑައިރެކްޓަރު ނިތިން ކައްކަރު ގެނެސްދިން "އާވާރާޕަން"ގެ ސީކުއަލްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ