އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ގިނަ އަދަދެއްގެ މީހުންނާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ އަލަމްގީރާ އެކު އެ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ޒުވާން އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކް ކުރަން ފަށައިފައެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަ މައްސަލަ މިދިޔަ މާޗް މަހުން ފެށިގެން ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.މި މައްސަލާގައި ކުރިން ޕާސްޕޯޓް ހިފެހެއްޓީ ފުރަތަމަ ލީކުކޮށްލި ވީޑިއޯގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ (ކާނަލް)ގެ އިތުރުން ނޫސްވެރިޔާ ނަސީރާއި އަދި އެ މައްސަލައިގާ ދެން ހައްޔަރުކުރި ފުލުސް މީހާގެއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަަމަށެވެ. ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބައެއް މީހުންނާއި ދައުލަތުގެ އިދާރާތަކުގެ ބައެއް އިސްވެރިންގެ މައްޗަށް ވެސް އެއްޖިންސުން ގުޅުން ހިންގި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އަލަމްގީރު ހިމެނޭހެން ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.އެ މީހުންގެ އިތުރުން ލިވާތުކުރުމުގެ އެހެން މައްސަލައެއްގައި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ބަނީ ހައްޔަރުކޮށްފައެވެ.އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނެއެވެ.އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހީމް ރާފިއުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ