ސަރުކާރުން ޓެކްސް ބޮޑުކުރާކަށް ނުޖެހޭ: ރައީސް ނަޝީދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރު ބޮޑު ކުރަން ސަރުކާރުން ނިންމާފައި ވަނީ އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ މެމްބަރުންނާ ވެސް މަޝްވަރާ ނުކޮށް ކަަމަށް ވިދާޅުވެ ޓެކްސް ބޮޑުކުރުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފި އެވެ.ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ ހިސާބުތައް ދިމާނުވާ ކަމަށެވެ. އެމަނިކުފާނަށް، އެ ޖަހާ ހިސާބުތަކެއް ބަލައެއް ވެސް ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ޚަރަދާއި އާމްދަނީ ދެކޮޅުޖެއްސުމަށް ފިނޭންސް މިނިސްޓްރީން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެކަމަށެވެ.ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ރައްޔިތުންގެ މަޖިލީހާ އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސް ނަޝީދު ވިދާޅުވި، ސަރުކާރުން ޖައްސަވާ ހިސާބު ބަލައެއް ނުގަނެވޭ ކަމަށާއި، ދިމާވެސް ނުވޭ ކަމަށެވެ."ރައީސް ސޯލިހް މިކަން ގާތުން ނުބައްލަވާތީ މިހެން ހީވަނީ". ރައީސް ނަޝީދު ވިދާޅުވިއެވެ."ރާއްޖެ މި ދަނީ ދަރާން [ދަރަނިވެރިވާން]. ސަރުކާރުން ހެދި ގޯސް ބަލައިގަނެ އަވަހަށް ޕާޓީ އާއި މަޝްވަރާ ކުރައްވަން ފައްޓަވާ. އަޅުގަނޑު ދެކޭ ގޮތުގައި މިކަން ނުކޮށްފި ނަމަ އަޅުގަނޑުމެންގެ އިތުބާރު ސަރުކާރަށް ގެއްލޭނެ،" ނަޝީދު ވިދާޅުވި އެވެ.އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް އިގްތިސާދީ ހާލަތާ ގުޅުވައި ސަރުކާރަށް އެކި ފަހަރު މަތިން ފާޑުވިދާޅުވެފަ އެވެ. ދަރަނި ރީސްޓްރަކްޗާ ކުރަން ގޮވާއްލަވާތީ ރައްދު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވެފައި ވަނީ އެ ހާލަތަށް ރާއްޖެ އަދި ނުދާ ކަަމަށެވެ. މިކަން ރަނގަޅަށް މެނޭޖްކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ