ޝަރީފީ ޕްރީ ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އައްޑޫ ސިޓީ މީދޫ ޝަރީފީ ޕްރީ ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް އެ ސްކޫލްގައި ފާހަގަކޮށްފިއެވެ.
އެ ސްކޫލްގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބާއްވާފައިވާއިރު މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް އެވެ. ހުކުރު ދުވަހުގެރޭ ބޭއްވި މި ޖަލްސާގައި ކިބިދޫ ދާއިރާގެ މެމްބަރު ނާޝިޒްގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ އިޖްތިމާއީ މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މި ހަފްލާގައި ޝަރީފީ ސްކޫލްއަށް އެކި އެކި ގޮތްގޮތުން އެހީތެރިވެ ދިން ފަރާތަތްތަކަށް ހަނދާނީ ލިޔުން ދީފައިވާއިރު، ސްކޫލަށް 5 އަހަރަށްވުރެ ގިނަ ދުވަހަށް ހިދުމަތްކުރި އަންޓީމެންނަށްވެސް ވަނީ ހަނދަނީ ލިޔުންދީފައެވެ. އަދި ޝަރީފީ ޕްރީ ސްކޫލަށް 25 އަހަރު ދުވަހު ހިދުމަތްކޮށްދީފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ފާތިމަތު ފަރުހާދުއަށްވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
Advertisement
ސްކޫލްގެ އަހަރީ ދުވަހާއި ގުޅިގެން ކުދިންގެ ހަވީރެއް އިއްޔެ ހަވީރު ބާއްވާފައިވާއިރު އެ ސްކޫލުން ތައްލީމް ހާސިލްކުރި ގިނަ ކުދިންވަނީ މި ހަފްލާގައި ބައިވެރިވެފައެވެ. ޝަރީފީ ސްކޫލް ކުދިންގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ މި ހަފްލާގައި ސްކޫލް އަހަރީ ދުވަހުގެ ކޭކު ފެޅުންވަނީ ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ