ބޭރު ޝޭހުންނަށް ވިސާ ދިނުމާ ގުޅޭގޮތުން ނަޝީދު ސުވާލު އުފައްދައިފި

ބޭރުގެ ޝޭހުންނަށް ރާއްޖެ އެތެރެ ވުމަށް ވިސާ ދިނުމާ ގުޅޭގޮތުން ސުވާލު އުފައްދައި، އެކަމާ ގުޅޭގޮތުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކޮށްފި އެވެ. ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަސާރާ ދީނުގެ ހާއްސަ ދުވަހެއް ކަމަށްވާ އީސްޓާ ސްރީލަންކާގައި ފާހަގަކުރަނިކޮށް ދާދި ފަހުން ދިން ވަރުގަދަ ޓެރެރިސްޓް ހަމަލާގެ މުގުލުގައި ހުރި ކަމަށް ތުހުމަތުކުރާ، ޒަހްރާން ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ، އެހެން މީހެއްހެގެ ނަމުގައި ރާއްޖެ އައި ކަމެއް ނުވަތަ ނާންނަ ކަމެއް އަދި ސާފު ނުވާ ކަމަށެވެ. "ބޭރުގެ ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވެ، އެ ފަދަ ފަރާތްތަކަށް ރާއްޖެ އެތެރެވުމުގެ ވިސާ ދިނުމަކީ ބުއްވެރި ކަމެއް ނޫން،" ނަޝިދު ވިދާޅުވިއެވެ. ނަޝީދު މިގޮތަށް މި ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ބޭރުގެ ހާފިޒުންނާއި ގާރިން ރާއްޖެ އަންނަމުންދާ ދަނޑިވަޅެއްގައެވެ. އިމިގްރޭޝަނުން ވަނީ ބޭރުންގެ ގެންނަ ހާފިޒުންނާއި ގާރީންނަށް ވިސާ ދިނުމުގައި ބަދަލުތަކެއް ގެނެސް ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވިސާ ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ. https://sun.mv/118682 ޒަހްރާން ރާއްޖެ ނާންނަ ކަމަށް ސާފުވެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއިރު، ލަންކާގެ ބައެއް މީޑިއާ ތަކުން ވަނީ އޭނާ މީގެ ކުރިން ރާއްޖެ އައިސްފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގު ކުރެއެވެ. އިމިގްރޭޝަނުން އޭރު ބުނެފައިވަނީ ވޭތުވެދިޔަ ފަސް އަހަރުވެސް އަދި އޭގެ މާކުރިންވެސް ޒަހްރާން ރާއްޖެ އައިސްފައި ނުވާ ކަމަށާއި އޭނާ ފާއިތުވި އަހަރުތަކުގައި ރާއްޖެ އައިކަމަށް ބުނެ ބައެއް މީޑިއާއިން ދައްކާ ވަހާކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. https://sun.mv/118518 ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ޒަހްރާން މަރުވެފައިވާ ކަމަށް އެގަމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ