މަސްދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި މީހަކު ގެއްލިއްޖެ

މަސްދޯންޏެއްގެ ނަގިލި ނަގަން މޫދަށް ފޭބި މީހަކު ގެއްލިއްޖެއެވެ.
އެމްއެންޑީއެފް އިން ދެންމެ ވިދާޅުވީ ކ.ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި ބިދޭސީ ފަޅުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިޔާ ކޯސްޓްގާޑްގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:50 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ