މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަންގައި މަގުމަތިން މިމީހާ ހުއްޓުވައި ބަލާފާސްކުރިއިރު އޭނަގެ އަތުގައި އޮތް ދަބަހުގެ ތެރެއިން ފެނުނު ޕީނަޓް ބަޓަރު ދަޅެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ