ބޭރުގެ ފަރާތްތަކުން ރާއްޖެއައިސް މެރިން ބައިލޮޖީ ކިޔެވުމުގެ ފުރުސަތު އެބައޮތް: ފައްޔާޒު

ބޭރުގެ ފަރާތްތަކުން ރާއްޖެއައިސް، ރާއްޖޭގައި މެރިން ބައިލޮޖީ ކިޔެވުމުގެ ފުރުސަތު އެބައޮތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.
މަންދުކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މީހުން ތަމްރީނުކޮށްގެން ނެރެން ބޭނުންވާ ވަރަށް ގިނަ ދާއިރާތައް އެބަހުރި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެމިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ރާއްޖެއަކީ ބޭރުގެ ފަރާތްތައް ވެސް ތައުލީމު ހާސިލު ކުރަން އާދެވޭ ފަދަ ގައުމަކަށްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަމަކީ އޭގެ ޒާތުގައި ފަންނު ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ ދާއިރާއެއް ކަމަށާއި ރާއްޖެއަށް އެމެރިކާފަދަ ގައުމުތަަކުން އައިސް ބައިލޮޖީ ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ