ވައިން ހަކަތަ އުފެއްދުމަށް އިންޑިއާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި

ސްޕެއިންގެ ގަމޭސާ ގުރޫޕްގެ ސަބްސިޑިއަރީ ކުންފުނި ގަމޭސާ އިންޑިއާއިން ދިވެހި ރާއްޖޭގައި ވިންޑް ޓާބައިން ބޭނުން ކޮށްގެން ހަކަތަ އުފައްދަން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
އެކުންފުންޏާއި ހަވާލާދީ ބޭރުގެ ބައެއް އޮންލައިން ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި 100 އާއި 150 މެގަވޯޓްގެ ކަރަންޓް ވައިން އުފެއްދިދާނެއެވެ.
ގަމޭސާ އިންޑިއާއިން ރާއްޖޭގެ އިތުރުން މިފަދަ އެހެން މަޝްރޫއެއް މިޔަންމާގައި ވެސް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަންވަނީ ފާޅުކޮށްފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން އުފެއްދޭނެކަމަށް ގަމޭސާ އިންޑިއާއިން ބުނެފައިވަނީ ސްޓެލްކޯއިން މިހާރު އުފައްދާ ކަރަންޓްގެ ގާތްގަޑަކަށް ތިންބައިކުޅަ ދެބައި އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ