މަރުގެ އިންޒާރާއެކު ސަލްމާންގެ އެޕާޓްމަންޓް ވަށައިގެން ފުލުހުން ފޯރި މަރަނީ

ސަލްމާން ޚާންއަށް މަރުގެ އިންޒާރެއް ފުރަތަމަ ލިބުނީ ފުއްލާތަކެއް މަރާލި މައްސަލާގައި މިދިޔަ އޭޕްރީލް މަހު ކޯޓަށް ހާޒިރުވުމަށް ޖޯދްޕޫރްއަށް ގޮސް އުޅެނިކޮށެވެ. އޭނާގެ މައްޗަށް އެ ތުހުމަތު ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.
ސަލްމާންއަށް މަރުގެ އިންޒާރުދިނީ ލޯރެންސް ބިޝޯނީ ކިޔާ މީހެކެވެ. އެ މީހާ ސަލްމާންއަށް މަރުގެ އިންޒާރުދިނީ ޖޯދްޕޫރްގެ ފުލުހުން އޭނާގެ މައްޗަށް މީހެއް މަރާލި ކަމުގެ ދޮގު ތުހުމަތުކުރުމުން ކަމަށް ބުނެފައިވެ އެވެ. ސަލްމާން މަރާލާނެކަމަށް އޭނާ ބުނީ ޖޯދްޕޫރްގެ ފުލުހުންނަށް ބިރުދެއްކުމަށެވެ.
އޭރު އެމީހާ ބުނީ ފުއްލާގެ މައްސަލާގެ ޝަރީއަތަށް ސަލްމާން ޖޯދްޕޫރްއަށް އަންނައިރަށް މަރާލާނެ ކަމަށެވެ. އޭގެފަހުން ފުލުހުން އަންނަނީ ސަލަމާންއަށް ސެކިއުރިޓީ ދެމުންނެވެ. ނަމަވެސް މިއަދު ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މުމްބާއީގައި ހުންނަ ސަލްމާންގެ އެޕާޓްމަންޓް ވަށައިގެން ފުލުހުން އަންނަނީ ފޯރި މަރަމުންނެވެ.
ސަލަމާން މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް --
ސަލްމާންއަށް ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހަކު މިއަދު ފަތިހު ވަނީ ހައްޔަރުކޮށްފަ އެވެ. ލޯރެންސްއާއި އެއް ބައިވެގެން ސަލްމާންއަށް ހަމާލާދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ އެ މީހާ ހައްޔަރުކުރީ ހޭދަރްއާބާދުންނެވެ.
ފުލުހުންނަށް ވަނީ އެ މީހާގެ ފޯނުން ސަލްމާން ދިިރިއުޅޭ އެޕާޓަމަންޓް، ގެލެކްސީ އެޕާޓްމަންޓްގެ އެކި ތަންތަނުން ނަގާފައިވާ ފޮޓޯތައް ފެނިފަ އެވެ. ސަލްމާނަށް ފާރަލުމަށް އެމީހާ އެ ގެ ކައިރިއަށްވެސް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ސަލްމާންގެ ގެ ވަށައިގެން އެތައް ބައިވަރު އޭނާގެ ފޭނުންނެއް އޭނާ ދެކިލުމަށް އަބަދުވެސް ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ