ސްޕެނިޝް ލީގް: ލެވަންޓޭ އަތުން ރެއާލްއަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 2-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މި މޮޅާއެކީ މިހާތަނަށް ރެއާލްއިން ލީގުގައި ކުޅުނު 27 މެޗުން އެޓީމަށް ލިބިފައި ވަނީ 57 ޕޮއިންޓާއެކު ލީގުގެ ތިންވަނައެވެ. ހަމަ މިއަދަަދަށް މެޗު ކުޅެގެން ލީގުގެ ދެވަނައިގައި 61 ޕޮއިންޓާއެކީ އޮތީ އެތްލެޓިކޯ މެޑްރިޑެވެ. އެހެން ނަމަވެސް މި ދެ ޓީމަށްވުރެ އެއް މެޗު މަދުން ކުޅެގެން ލީގުގެ އެއްވަނައިގައި 66 ޕޮއިންޓާއެކު އަދި އޮތީ ބާސެލޯނާއެވެ.
ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުަރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރެއާލުންނެވެ. އެލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްއަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. އަދި ރެއާލްގެ ދެ ވަނަ ލަނޑަކީ ލެވަންޓޭގެ ޑިއޭގޯ މަރީނޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ރެއާލް ކޮޅަށް ލެވަންޓޭއިން ޖެހި ލަނޑު އެޓީމށް ކާމިޔާބުކޮށްދިނީ ޑޭވާސަން އެވެ.
މެޗަށްފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ، އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ނުލާ ކުޅެން ޖެހުނު މިމެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ