އެމްޑީޕީގެ ރައީސް ކަމަށް ނަޝީދު އަނެއްކާވެސް ކުރިމަތިލައްވަނީ

އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އަނެއްކާވެސް ކުރިމަތިލެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައި މިވަނީ އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުންނެވެ.
މި ދެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރި އެވެ.
އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
"އެމްޑީޕީގެ އެންމެ މެންބަރުންގެ އަރިހުން ވަރަށް އިޚްލާސްތެރި ކަމާ އެކު މި އެދެނީ އަޅުގަނޑަށް ތާއީދުކުރައްވާ ވޯޓު ދެއްވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. Maldivian Democratic Party ge Raees kamah ithuru dhaurakah alhugandu kurimathilan. MDP ge enme memberun ge arihun varah ikhlaastheri kamaaieku mi edhenee alhugandah thaeedh kuravva vote dhevvumah— Mohamed Nasheed (@MohamedNasheed) October 15, 2019
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ