މިއަދުން ފެށިގެން އޭޓީއެމްއިން ފައިސާ ލިބޭނީ ކާޑު ނެގުމުން

ބީއެމްއެލްގެ އެޓީއެމް މެޝިންތަކުގައި ކާޑު ބޭނުންކުރާ ގޮތް ބަދަލުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ ޓްރާންސެކްޝަން ނިމެންދެން މެޝިނުގައި ކާޑު ބާއްވަންޖެހުނަސް، އެ ގޮތް މިއަދުން ފެށިގެން ބަދަލުކޮށްފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭނީ މެޝިނުން ކާޑު ނެގުމުންކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ މިބަދަލު ގެނައީ، ކަސްޓަމަރުންނަށް ހަނދާންނެތި މެޝިނުގައި ކާޑު ބާއްވާފައި ދެވުން އިތުރުވުމުން، އެކަމަށް ޙައްލެއް ގެނައުމަށްކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބެންކިން ޚިދުމަތް ފޯރުކޮށްދޭ ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި 55 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު އަދި 116 އޭޓީއެމް ޤާއިމްކޮށްފައެވެ. އަދި އިތުރު ސަރަޙައްދުތަކަށް މިޚިދުމަތް ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށިގައި އޭޓީއެމްތައް ބަހެއްޓުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. މިއީ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތު ދަށުން ބެހެއްޓޭ އޭޓީއެމްތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ