ލޮނުޒިޔާރަތް ޕާކު ނުހުޅުވުމުން މުއިއްޒުގެ ފާޑުކިޔުން މި ސަރުކާރަށް!

ލޮނުޒިޔާރަތް ޕާރކް ހުޅުވުން ލަސްވެގެން ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުޥި ލޮނުޒިޔާރަތް ބަގީޗާ ހުޅުވަން އެންމެ ފަހުން ދިން ތާރީހު ވެސް ފަހަނަ އަޅައި ގޮސްފައިވާ ކަމަށެވެ. އޮފީސް ބަންދު ދުވަސްތައް ކަނޑާފައި މުއްދަތު ގުނަނީތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި އެ ޓްވީޓްގައި ބުނެފައިވަނީ އާޓިފިޝަލް ބީޗު ހުޅުވަން ވެސް މީގެ ކުރިން ތާރީހުތަކެއް ދިން ކަމަށެވެ. އެކަމަކު، މިހާރު އެ ވާހަކަ ނުވެސް ދައްކާ ކަމަށް މުއިއްޒުގެ ޓްވީޓްގައި ވިދާޅުވިއެވެ. އަދި ބަލާލި ކޮންމެ ދިމާލަކުން މި ނޫން މަންޒަރެއް ރައްޔިތުންނަށް ނުފެންނަށް ކަމަށް ޓްވީޓްގައި ވިދާޅުވިއެވެ.
Twitter Embeded
ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ތަރައްގީ ކުރަމުން އަންނަ މި ބަގީޗާގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު މި ބަގީޗާގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ހަމައެމްވީ" އަށް ވިދާޅުވީ "ލޮނުޒިޔާރަތް ބަގީޗާ" ހުލުވުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، މިހާރު ބަގީޗާގެ ބޮޑުބައެއްގެ މަސައްކަތް އެއްކޮން ނިމިފައިވާކަމަށެވެ. އަދި ހުޅުވުމުގެ ރަސްމިއްޔާތައް ކުރަންޖެހޭ ކަންތައްތައް މިހާރު ކުރިއަށްދާކަމަށް ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ މި ބަގީޗާ ހާއްސަ ވެގެންދަނީ ގަސްގަހާގެހިން ކަމަށާއި އަދި މި ބަގީޗާގައި ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކަށް ވާނީ ގަސްތައް ބެލެހެއްޓުން ކަމަށެވެ. އަދި މި ބަގީޗާއަށް ވަދެވޭ ގޭޓްތަކެއް ބަހައްޓާފައި ހުންނާނެކަމަށާއި، ކޮންމެ ގޭޓެއްގައި ގާޑުން ތިބޭގޮތަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ޝަމާއު އިތުރަށް ވިދާޅުވީ މި ބަގީޗާ ބެލެހެއްޓުމުގެ މަސައްކަތަށް ނަގާފައިވާނީ މުޅިންވެސް ދިވެހި މުވައްޒަފުން ކަމަށެވެ. އަދި ތަނުގެ ސެކިއުރިޓީ ވަރުގަދައަށް ބަލަހައްޓާނެކަމަށް ސަމާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ