ވަކީލުންނާ ބައްދަލުނުވަނީސް ޔާމީނުގެ ޝަރީއަތް ފަށާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނާ ބައްދަލުނުވާތާ އެތައް ދުވަހެއް ވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެދިފައިވަނިކޮށް، އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކުރުމުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން މިރޭ ފާޅުކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ތުހުމަތުކޮށް، އެ މަނިކުފާނަށް އިތުރު ދައުވާތަކެއް އުފުލައިފައިވެ އެވެ. އެއީ މޯލްޑިވްސް މާކެޓިން ޕަބްލިކްސް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ. މި ދެ ދައުވާއާ ގުޅޭ ޝަރީއަތް ފަށާނީ މާދަމާ އެވެ.
ޕީޕީއެމް އާއި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ އަޑުއެހުމެއް މާދަމާއަށް ތާވަލު ކުރުމަކީ، ޔާމީނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމެއް ކަމަށާއި އެ ގޮތް ދޫކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރަން ސަރުކާރަށް ގޮވާލާ ކަމަށް ބުނެފައިވެ އެވެ.
Yameen ge mahchah kuraa dhauvaa thah baathil: Abduraheem
Mihaaru
އިދިކޮޅުން ބުނީ ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމަކީ ގާނޫނުއަސާސީން ޔާމީނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ. އަދި އެ ފުރުސަތު ދެއްވުމަށް ފަހު ނޫނީ ޝަރީއަތް ކުރިއަށް ނުގެންދަން އެދިފައިވެ އެވެ.
ޔާމީންގެ ވަކީލުންނާ ބައްދަލުނުވާ މައްސަލައަށް ހައްލެއް ހޯދައިދޭން އެދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރި މުހައްމަދު ހަމީދުއާ ވެސް އިދިކޮޅުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކޮށްފަ އެވެ. ޔާމީންގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސަދޭން ހައި ކޯޓުން މީގެ ކުރިން އަންގާފައިވާ އިރު، މިދުވަސްވަރު ޔާމީންއާ ބައްދަލުކުރެވޭނީ ވީޑިއޯ ކޯލް މެދުވެރިކޮށް އެކަނި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިދިޔަ މަހުގެ ފަހުކޮޅު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ