ރައީސުލްޖުމްހޫރިއްޔާކަން ޔާމީން ޔަގީން ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާއާއެކު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރާއިރު ދާއިމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައި ވަނީ މާދަމާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި. އަދި ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވަނީ މެންބަރުންނަށް އަންގަވާފަ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ބަލައިގަނެ ދިވެހި ދައުލަތަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށް އިންތިހާބުގައި ޔާމީނާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު ވަނީ އިންތިހާބުގެ ނާކާމިޔާބީ ގަބޫލުކުރައްވާފަ އެވެ.
ރައީސް މައުމޫން: މިރޭ އަޅުގަނޑުމެން އެންމެވެސް ކުރަންވީ އެންމެ މުހިއްމު ކަމަކީ ﷲ އަށް ޝުކުރު ދެންނެވުން
މިދެއްވީ ވަރަށް ބޮޑު ނަސްރެއް ފަތަހައެއް. ދިވެހި ރައްޔިތުން އެދައްކައި ދިނީ ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީ ހަމަތަކުގެ ރިވެތި ނަމޫނާއެއްކަމަށް
އަދި އެއަށްފަހު ޔާމީނަށް މަރުހަބާއާއި ތަހުނިޔާ ދެންނެވި، ޖަމީލުވެސް ހިމަނައިގެން. މިއިންތިކާބުގައި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކުރެއްވި
ޝިޔާމް އަށާއި ޤާސިމަށް ޝުކުރު އަދާކުރަން. ޕިޕީއެމްއަށް އިންތިހާބު ކާމިޔާބު ކުރެވުނީ ޤާސިމް އިބްރާހިމް ގުޅިވަޑައިގަތުން ގާސިމް އެސާބިތު ކޮށްދެއްވީ ޤައުމަށް ވަފާތެރި ދަރިއެއްކަން.
މިއިންތިހާބުގެ ނަތީޖާ ވަކިގޮތަކަށްދަކަން އެނގިގެން އެންމެ ފުރަތަމަ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިދެއްވީ ރައީސް ވަހީދު. އިންތިހާބު އަމަންކަމާއި އެކު ކުރިޔަށް ގެންދިޔުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި ރައީސް ވަހީދަށް ޝުކުރު ދަންނަވަން. އަދި ރައީސް ވަހީދު 21 މަސްދުވަހު ކޮށްދެއްވި މަސައްކަތް ފާހަގަކުރަން. ކެތްތެރިކަމާއި މަޑުމައިތިރިކަމާއި އެކު އުފާފާޅު ކުރުމަށް އެދެން. ހަމަނުޖެހުމަކަށް މަގުފަވާގޮތަށް ކަންކަން ނުކުރެއްވުމަށް އެދެން. ރައީސް ނަޝީދަށް ޝުކުރު އަދާކުރަން. އެމަނިކުފާނު ދައްކަވައިދެއްވީ ޑިމޮކްރަސީގެ ނަމޫނާއެއް. ބަދަލު ހިފުމަށް މަސައްކަތް ކޮށްފިނަމަ ކުރިޔަކަށް ނުދެވޭނެ. މަސައްކަތްކުރާނީ ރާއްޖެ ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ކުރިޔަށް ދިޔުމަށް
ފަހަތަށް ބަލައި ބަދަލު ހިފުމުގެ ރޫހެއްގައި އެއްވެސް ކަމެއް ނުކުރާނަން،.
ރައީސް މުހައްމަދު ނަޝީދުގެ ޕްރެސް ކޮންފަރެންސް އެއް 10:30 ގައި ފަށާނެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މިހާރު ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކުން ގެންދަނީ ކާނިވާ ސަރަހައްދުގައި އުފާ ފާޅު ކުރުމަށް ތައްޔާރުވަމުން އަދި ފުލުހުންގެ ނިއުސް ކޮންފަރެންސަކާއި ރައީސް މުހައްމަދު ނަޝީދުގެ ޕްރެސް ކޮންފަރެންސްވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ޔާމީންއަށް މަރުހަބާ ދެންނެވީ ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވުމަށްފަހު
ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު އަހްމަދު ޝަކީބް ކުރެއްވި މަރުހަބާގެ ޓްވީޓުގައި ވިދާޅުވީ ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވާ ކަމަށާއި ގާސިމާއި ނުލައި ކާމިޔާބު ނުލިބުނީސް ކަމަށެވެ.
ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޔާމީން ތަމްސީލް ކުރައްވަމުން ގެންދަވާ މުލަކު ދާއިރާގެ ގޮނޑި ހުސްވާނެ. އަދި އެމަނިކުފާނު ޕީޕީއެމްގައި އަދާކުރައްވަމުން ގެންދަވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ކަމުގެ މަގާމުވެސް ހުސްވާނެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާގައި މިހާތަނަށް ވަނީ ގާތްގަނޑަކަށް ހުރިހާ ފޮއްޓެއްހެން ވަނީ ގުނާ ނިމިފައެވެ. މި ނަތީޖާއިން ދައްކާ ގޮތުން ގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފިކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
އިންތިހާބުގައި މިހާރު އިއުލާން ނުކޮށް ވަނީ ވަރަށް މަދު ދެތިން ފޮއްޓަކާއި ލަންޑަންގެ ފޮށި. ޔާމީންގެ ސަޕޯޓަރުން ދަނީ އުފާފާޅު ކުރަމުން
ޕީޕީއެމް އާއި ޖޭޕީ އާއި އެމްޑީއޭ އަދި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން މާލެ އާއި އަތޮޅުތަކުގައި އުފާފާޅު ކުރަން ފަށައިފި. އަދި މާލޭގައި ތިބި ޔާމީންގެ ސަޕޯޓަރުން މިރޭ 9:00 ޖަހާއިރު ނަސަންދުރަ ކައިރިއަށް ޖަމާވަނީ.
ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދު އިންތިހާބު ކާމިޔާބު ކުރެއްވި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް މަރުހަބާ ދަންނަވައިފި
ޔާމީނާއި އެމަނިކުފާނާ ގުޅިފައިވާ ޕާޓީތަކުގެ މެންބަރު މާލޭގެ އެކި ސަރަހައްދުތަކުގައި އުފާ ފާޅުކުރަން ފަށައިފި. ގިނަބަޔަކު ވަނީ ނަސަންދުރައިގެ ކައިރިއަށް ޖަމަވެފައި.
ޔާމީނަށް ނިސްބަތްވާ ބޭފުޅުން މަރުހަބާ ވިދާޅުވެ ޓްވީޓްތައް ގެންދަވަނީ ކުރައްވަމުން.
ޕީޕީއެމްގެ ކެމްޕޭން މައި މަރުކަޒު، ނަސަންދުރަ އަދި މ.ކުނޫޒްގައި ޖޭޕީޕީޕީއެމްއެމްޑީއޭ ސަޕޯޓަރުން އަންނަނީ އުފާ ފާޅު ކުރަމުން
އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާފައިވާ ޓްވީޓް
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން އިޢުލާނު ކޮށްފި
މިހާރުގެ ވަގުތީ ނަތީޖާގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކުރި ހޯއްދަވާފައިވާތީ އޮތު ޔާމީންގެ ސަޕޯޓަރުން ނަސަންދުރާގައި ހިންގާ ކެމްޕޭނު މާލަމުގައި އުފާ ފާޅުކުރަން ފަށައިފި. އެތަނުގައި ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެބަހުންނެވި.
ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވޯޓް ގުނުމުގެ މަސައްކަތް ކުރިއަށްދަނީ
ވަރަށް ގިނަ ފޮށިތަކެއްގެ ވޯޓް ގުނުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ބުނޭ.
ބަންދު ކުރި ބައެއް ފޮށިތަކުގެ ވޯޓް ގުނުމުގެ މަސައްކަތް އޮފިޝަލުން މިހާރު ވަނީ ފަށާފައި. ވޯޓް ގުނާއިރު ކަރުދާސްކޮޅުގައި ސެކިއުރިޓީ ފީޗާ ހުރިތޯ ކަށަވަރު ކުރުމަށް ކޮމިޝަނުން ވަނީ އޮފިޝަލުންނަށް އަންގާފައި. އަދި އެފަދަ ކަރުދާސްކޮޅަކަށް ނުވާނަމަ ބާތިލުވާނެ ކަމަށް ވެސް ވަނީ އަންގާފައި.
ވޯޓް ނެގުން ބަންދުވުމަށް ފަހު މިހާރު ވަނީ ވޯޓް ގުނަން ތައްޔާރުވެފައި. އެހެންނަމަވެސް ކިޔޫ ބަންދުކުރި އިރު ކިޔޫގައި މީހުން ތިބި ވޯޓްފޮށިތަކުގައި އަދިވެސް ވޯޓްލަމުން އެބަދޭ.
ވޯޓު ލުމުގެ ސުންގަޑި ހަމަވުމުން ކިޔު ތައް ބަންދު ކޮށް ބައެއް ފޮށި ވަނީ ބަންދުކޮށްފައި
ބައެއް މަރުކަޒުތަކުގައި 4:00 ޖެހުމާއެކު ވޯޓް ކިޔޫ މިހާރު ވަނީ ބަންދުކޮށްފައި. އަދި ބައެއް ރަށްރަށުގައި މިހާރު ވަނީ ވޯޓް ފޮށިވެސް ބަންދުކޮށްފައި.
ފުއާދު:
ބޮޑެތި ޝަކުވާތަކަށް އެޑްރެސް ކުރެވި މަދަމާ ހެނދުނު 8:00 އާއި ހަމައަށް ވަގުތީ ނަތީޖަ އިއުލާން ކުރެވޭނެ
ފުއާދު
ލަންޑަނު ފޮށި ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ 11:00 ހާއި ހަމައަށް ލިބޭނެކަމަށް ލަފާކުރެވޭ
ފުއާދު:
މިފަހަރުވެސް ވޯޓް ކަރުދާސް ދައްކާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ، 2008 ގެ އިންތިހާބުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްގައިވެސް ވޯޓް ލުމަށްފަހު ކަރުދާސް ދެއްކި މީހުންގެ މައްސަލަތައް ތަހުގީގުކުރެވި ކޯޓަށް ފޮނުވި އެމީހުންގެ މައްޗަށް ހުކުމްކުރެވި ބޮޑެތި އަދަދުތަކުންވަނީ ޖޫރިމަނާ ކުރެވިފައި
ފުއާދު:
މަނާ ގަޑީގައި ކެމްޕޭން ކަމަށް ބެލެވޭ ބައެއް ޕްރޮގްރާމްސް ރޭ ބައެއް ޗެނަލް އިން ފޮނުވި، އަދި އެންޓި ކެމްޕޭން ކަމަށް ބެލޭ ބައެއް ކަންކަން ވަނީ ހިންގާފައި. އެކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް މި ބަލަނީ
އިސްކަންދަރު ސްކޫލުގައި ހުރި ހދ. ކުޅުދުއްފުށީގެ ވޯޓު ފޮށީގައި ވޯޓުލުން ހުއްޓާލައިފި ހުއްޓާލާފައި ވަނީ 270 ވަނަ ޓޯކަން ނަމްބަރު ދެ ފަހަރަށް ތަކުރާރުކޮށް ދޫކުރުމުން އޮބްޒާވަރުން މައްސަލަ ޖައްސައިގެން، މިހާރު އިލެކްޝަންސް އޮފިޝަލުން ދަނީ އެކަން ބަލަމުން
ފުއާދު
އެންޓި ކެމްޕެއިން ކުރި ކަމަށް ބެލެވޭ ބައެއް ޓީވީ ސްޓޭޝަންތަކަށާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަށްވެސް ފުލުހުންނަށްވެސް ވަނީ އެކަން ހުއްޓުވާ ދިނުމަށް އެދިފައި، އެންޓި ކެމްޕެއިން ކުރުމަކީ އެއްވެސް އިރެއްގައި ހުއްދަކެމެއް ނޫން
ޕޮލިސް
މިއަދު ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ މަޢުލޫމާތާއި އެމީހުންގެ ބަޔާން ނެގުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފާ.
މަނިކު:
ކަރުދާސް ދައްކާފަ ލާ ވޯޓް ބާތިލެއް ނުވާނެ، އެހެން ކަމަވެސް އެ ފަދަ ކަމެއް ކުރާ މީހަކު ކުށްވެރިވާނެ، އެކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ: ދައުލަތުންވެސް އަދި ޕީޖީންވެސް ފިޔަވަޅު އަޅާނެކަމަށް ބެލެވޭ
ވޯޓްގެ ކިޔޫ ބަންދު ކުރާ ގަޑި ޖެހެން ވަނީ ކައިރިވެފައި. ވޯޓް ކިޔޫ ބަންދު ކުރާނީ 4:00 ޖަހާއިރު ކިޔޫ ބަންދު ކުރާއިރު ކިޔޫގައި ތިބި އެންމެނަށް ވެސް ވޯޓް ދެވޭނެ.
ފުއާދު:
އަންދާޒާ ކުރެވޭ ގޮތުގައި ކުރީ ދެ ފަހަރު ވޯޓްލީ މީހުންނަށްވުރެ މިފަހަރު ވޯޓްލީ މީހުންގެ ނިސްބަތް މަދު ނުވާނެކަމަށް ލަފާކުރެވޭ
ފުއާދު: ގުނަން ފެށުމުގެ ކުރިން ވޯޓް ކަރުދާހެއް އޮތް ތޯ ލބަލާނެ، ސެކިއުރިޓީ ފީޗާސް ނެތް ކަރުދާހެއްނަމަ އެ ކަރުދާހެއް ބާތިލްވާނެ،
މަނިކު
ސެޕްޓެމްބަރު 7 ގައިވެސް އަދި ނޮވެމްބަރު 9 ގައި ވެސް އިލެކްޝަންގެ ކަރުދާސް ނޫން ކަރުދާހެއް ގައި ވޯޓް ލާފައެއް ނުވޭ
ވޯޓް ގުނާއިރު ސެކިއުރިޓީ ފީޗާ ނެތް އެއްވެސް ވޯޓް ކަރުދާސްކޮޅެއް އޮތްތޯ ބަލައި ޔަގީން ކުރުމަށް އޮފިޝަލުންނަށް އަންގާފައިވާނެ ކަމަށާއި އެފަދަ ކަރުދާސްކޮޅެއް އޮތް ނަމަ ބާތިލު ކުރަން އަންގާފައިވާ ކަމަށް ފުއާދު ވަނީ ވިދާޅުވެފައި.
މަނިކު : އެންމެންގެ ކުރިމަތީގައި ވޯޓްލާއިއިރު އަމިއްލައަށް ގެންދާ ކަރުދާހެއް ފޮއްޓަށް ލުމުގެ ފުރުސަތެއް ނޯންނާނެ، ވޯޓް ގުނުމުގެ ކުރިންވެސް ބަލަން ސައްހަނޫން ކަރުދާސްކޮޅެއް އޮތް ތޯ
މަނިކު : މިފަހަރު ބްލެކް އެންޑް ވައިޓްކޮށް ވޯޓް ކަރުދާސް ޗާޕް ކުރި ނަމަވެސް ސެކިއުރިޓީ ފީޗާސްތައް ވަރުދަގަވާނެ، 9 ގައި ބޭއްވި އިންތިހާބުގައި ޗާޕް ކުރި ގޮތަށް ކުލަކޮށް ޗާޕް ނުކުރެވުނީ ވަގުތު ނެތުމުން
މަނިކު : އިނގިލީގެ ނިޝާން ފިހެވޭ ކަމުގެ ލިބިފައިވަނީ 3 ޝަކުވާ، ރެއާއި މިއަދު އެންޓި ކެމްޕެއިން ކުރި ކަމުގެ 19 ޝަކުވާ ލިބިފައިވޭ، އިލެކްޝަންސް އޮފިޝަލުންނާއި ގުޅޭ ދެ ޝަކުވާއެއް ލިބިފައިވޭ. އެންމެ ގިނައިން ލިބިފައިވަނީ ރެޖިސްޓްރީޢާއި ގުޅޭ މައްސަލަތައް،
ފުއާދު : 4:00 އަށް ގިނަ އަދަދެއްގެ ފޮށިތައް ބަންދުކުރެވޭނެ، ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި ވޯޓް ލުން މިހާރުވަނީ ނިމުމަކަށް އައިސްފައި، ނަމަވެސް 4:00 އާއި ހަމައަށް ފޮށިތައް ބަންދު ނުކުރާނެ.
ފުއާދު: ބައެއް ފަރާތްތަކުން ލަފާދިން ކުލަ ފުޅި ތެރެއަށް އިނގިލި އެއްކޮށްލުމަށް، ނަމަވެސް އެއީ ކުރަން ޖެހިގެން ކުރި ނަމަވެސް ސިއްހީ ގޮތުން ރަނގަޅުކަމެއް ނޫން. ބައެއް ފަރާތްތަކުން އިނގިލީގެ ނިޝާން ފުހޭލާކަމަށް ޝަކުވާލިބޭ، އެހެން ނަމަވެސް ބޭނުންކުރަނީ ކުރިއަށްވުރެ ކޮލެޓީ ރަނގަޅު ބާރުގަދަ ކުލައެއް
އިލެކްޝަންސް ކޮމިޝަންގެ ޕްރެސް ކޮންފަރެންސް
ވޯޓް ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށާއި ސެކިއުރިޓީ ފީޗާސް ހާމަ ނުކުރަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ފުއާދު ވިދާޅުވޭ
އަދި ކޮންމެ ފަހަރަކުވެސް ވޯޓް ކަރުދަސް ޗާޕްކުރަނީ 80 ގްރާމްގެ ކަރުދާހުގައި ކަމަށާއި މިފަހަރު ކަރުދާސް ޗާޕްކޮށްފައިވަނީ 80 ގްރާމްގެ ކަރުދާހުގައި ކަމަށް އަދި ވޯޓް ކަރުދާސް ޗާޕްކޮށްފައިވާ ކަރުދާހުގެ ފެންވަރު ދައްކަމަށް ދައްކަމުންދާ ވާހަކަޔަކީ ރަނގަޅު ވާހަކައެއްނޫން ކަމަށް ފުއާދު ވިދާޅުވޭ
އިލެކްޝަންސް ކޮމިޝަންގެ ޕްރެސްކޮންފަރެންސް
ހުރިހާ ތަނެއްގައި ވެސް އެއް ގަޑިއެއްގައި ވޯޓު ލުން ފެށިފައިވާ ކަމަށާއި ތަފާތު ގަޑިއެއްގައި ވޯޓު ލާން ފެށުނީ އިނގިރޭސިވިލާތުގައި އެކަނި ކަމަށް އަދި ކިޔޫގައި މީހަކު ނެތިއްޔާ ވޯޓު ލުން ބަންދުވާނެ ކަމަށާއި ކިޔޫގައި މީހުން ތިބިއްޔާ ކިޔޫގައި ތިބި މީހުންނަށް ވޯޓު ލެވޭނެ ކަމަށް ފުއާދު ވިދާޅުވޭ
ހއ. އިހަވަންދޫ ވޯޓު ފޮށްޓަކަށް ވޯޓުލީ މީހަކު ވޯޓު ކަރުދާސް އެންމެނަށް ފެންނަ ގޮތަށް ދެއްކި މައްސަލައެއް ވެސް ފުލުހުން ވަނީ ބަލަން ފަށާފައި.
ކ. މާފުށީގެ ވޯޓުލާ މަރުކަޒެއްތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މީހަކާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ވޯޓްލުމުގައި މިހާ ހިސާބަށް ދިޔައިރު މައްސަލައެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަ ކުރެވިފައި ވަނީ ވޯޓް ކަރުދާސް ކޮޅު ދެއްކުމާއި އައިޑީކާޑްތައް ފޮރުވުމުގެ މައްސަލަ. ނަމަވެސް މިވަގުތު އެފަދަ މައްސަލަތައް އިތުރަށް ފެންމަތިވަމުން ނުދާ ކަމށް ބުނޭ.
އިނގިރޭސި ވިލާތުގައި ބައްޓާފައިވާ ފޮއްޓަށް ވެސް މިހާރު ވަނީ ވޯޓްލާން ފަށާފައި. އެ ފޮށީގެ ވޯޓްލުން ނިމޭނީ މިރޭގެ ވަގުތެއްގައި. މާލޭގައި ވޯޓްލުމުގެ ކިޔޫ ބަންދު ކުރާނީ 4:00 ޖަހާއިރު.
މެލޭޝިޔާގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 1428 މީހުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ވޯޓް ލައިފި
ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަތަކަށް އެޗްއާރުސީއެމުން ގޮވާލައިފި
އިނގިރޭސި ވިލާތުގައި ވޯޓްލުން ފެށިގެން ކުރިއަށް އެބަދޭ
އައިޑީ ކާޑު ތަކެއް ވަގައް ނަގާފައިވާ މައްސަލައެއްގެ ތުމަތުގައި ގދ. ތިނަދޫއިން 3 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ގަސްތުކުރައްވާ ކަން މަޖިލީހުގެ ރައީސް މެންބަރުންނަށް އަންގަވައިފި. އެއީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާ. އެހެންނަމަވެސް ޖަލްސާ ބާއްވަވާ ގަޑިއެއް މަޖިލީހުގެ އިދާރާއިން އަދި ބުނެފައެއް ނުވޭ
ލ. ގަމުން 60 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިފުޅުގެ އައިޑީކާޑު ފޮރުވި މައްސަލައެއްގައި ހައްޔަރުކޮށްފި
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އިރުފުށި އައިލެންޑް ރިސޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އައްޑޫ ސިޓީގެ މީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
މީހެއްގެ އައިޑީ ކާޑަކާއި ޕާސްޕޯޓެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި.
މީހެއްގެ އައިޑީ ކާޑަކާއި ޕާސްޕޯޓެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ލ. ކުނަހަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވޯޓް ލައްވައިފި
ވޯޓް ކަރުދާސްކޮޅު ދެއްކުމުގެ މައްސަލަ ވަނީ އިތުރުވެފައި.
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމަކީ ކުށަކަށްވާތީ އެކަން ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އައްޑޫ ސިޓީ މަރަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
އިންތިހާބުގައި ވޯޓްލުން ހުރިހާ ދިމާއެއްގައި ވެސް މިވަގުތު ވެސް އެއްވެސް މައްސަލައެއް ނެތި ކުރިޔަށް އެބަދޭ.
މައްސަލަ ޖެހިގެން ވޯޓުލުން މެދުކަނޑާލުމަށް ފަހު މައްޗަންގޯޅި ދެކުނު ވޯޓު ފޮށީގައި އަލުން ވޯޓުލާން ފަށައިފި
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބް ރައީސް އަހްމަދު ތަލާލް ވިދާޅުވީ ވޯޓްގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި ވޯޓް ލުމަށްފަހު ވޯޓް ކަރުދާސް ނުދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށް. ތޮލާލް ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށްދަނީ މިނިވަންކަމާ އިންސާފުވެރިކަމާއެކު ވަރަށް ރަގަޅު އިންތިޒާމް ތަކެއްގެ ތެރެއިން ކަމަށް. ބައެއް ސަރަހައްދުތަކުގައި ބައެއް މީހުންގެ އައިޑީކާޑް ގަނެ އަދި ފޮރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި، އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށާ އަދި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށްވެސް ތަލާލް ވިދާޅުވި. އެޗްއާރުސީއެމުން ދަނީ މާލެއާއި އަތޮޅު ތަކުގައި އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރަމުން.
ވޯޓް ކަރުދާސް ކޮޅުގައި ފާހަގަޖެހުމަށްފަހު ކަރުދާސް ކޮޅު ދެއްކުމަކީ ކުށެއް ކަމަށާއި، ނަމަވެސް އެ ކަރުދާސްކޮޅު ބާތިލް ނުވާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ.
ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ ވޯޓް ކަރުދާސް ކޮޅު ދެއްކުން ގާނޫނީ ކުށަކަށް ވަނީ އިންތިހާބާއި ބެހޭ އާންމު ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
އެމާއްދާގެ (ހ) ގައި ބުނެފައިވަނީ މިގާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، މި ގާނޫނުގައި ނުވަތަ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނެއްގައި ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމެއް ނުވަތަ ކުރުން މަނާ ކަމެއް ކޮށްފި މީހަކު ނުވަތަ ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކޮށްފި މީހަކު، ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރިވާނެ ކަމަށެވެ.
އިންތިހާބާއި ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގައި އިންތިޚާބާ ބެހޭ ކުށުގެ ގޮތުގައި 20 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ވޯޓް ކަރުދާސް ދެއްކުން އެއީ ކުށެއް ކަމަށް އެމާއްދާގައި ބުނެފަ އެއް ނުވެ އެވެ. މިމާއްދާގައިވާ ފަދަ ކުށެއް ކޮށްފިނަމަ އަދަބެއްގެ ގޮތުގައި މިމާއްދާގެ (ށ)ގައި ކަނޑައަޅާފައިވަނީ އެ ކުށުގެ ކުޑަ ބޮޑު މިނަށް ބަލައި އެއް އަހަރު ދުވަހާއި ހަތަރު އަހަރު ދުވަހާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12،000ރުފިޔާއާއި 48،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި 74 ވަނަ މާއްދާގައި ބުނާ ފަދަ ކުށެއް ކުރީ އިލެކްޝަނުން އިންތިހާބަށް ކަނޑައަޅާފައި ހުރި މީހަކު ކަމުގައިވާނަމަ މިމާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް ހަމަސް ދުވަހާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އެފަދަ މީހަކު 6،000 ރުފިޔާއާއި 12،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް 74 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވެ އެވެ.
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން މިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މިމީހުންގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި 26 ފިރިހެނުން
ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށްފަހު ކަރުދާސް ކޮޅު ދައްކާ މައްސަލަ ހުށަހެޅެމުންދިޔަ ނަމަވެސް އެއީ ވޯޓްލާ މަރުކަޒުތަކުގެ އިންތިޒާމްގެ މައްސަލައެއް ނޫން ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނޭ. އެޖަމިއްޔާއިން ބުނީ މިހާތަނަށް އެއްވެސް މާރާމާރީއެއް އަދި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް. ނަމަވެސް ވޯޓްލާ މީހުންގެ އިނގިލީގައި ޖަހާ ފާހަގަ އަވަހަށް ފިލާ މައްސަލަ ޝަކުވާގެ ގޮތުގައި ލިބޭ ކަމަށްވެސް ބުނޭ. ޖުމްލަ ވޯޓް ފޮށީގެ ތެރެއިން 77 އިންސައްތަ ވޯޓް ފޮށި ކައިރީގައި ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވާއިރު 95.9 އިންސައްތަ ވޯޓްފޮށި ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނޭ
ތިން ބާވަތެއްގެ އިމަޖެންސީ ރިޕޯޓް ލިބިފައިވާ ކަމަށްވެސް ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން ބުނޭ. އެގޮތުން ލިބިފައިވަނީ އިނގިލީގައި ފާހަގަ ޖަހަން ބޭނުންކުރާ ދެލި ފޮހެވުން، ވޯޓުލުން ވަގުތީގޮތުން މެދުކެނޑުން އަދި ވޯޓު ކަރުދާސްކޮޅު ދެއްކުމުގެ ރިޕޯޓްތައް ކަމަށް ބުނޭ
ހެއިންތިހާބުގެ ކަންކަން ޖުމްލަ ކޮށް ކުރިއަށްދަނީ ރަގަޅަށް ކަމާއި ވޯޓްގެ ސިއްރުކަން ކަށަވަރުވާ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން ބުނެފި. އެޖަމިއްޔާއިން މިހާރު ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ހެނދުނު 8:00 އާއި ހަމައަށް ހުރިހާ ވޯޓް ފޮއްޓެއް ހުޅުވުނު ކަމަށާއި އަދި ވޯޓްލާން ފަށަން ހަމަޖެހިފައިވާ ގަޑީގައި 98 އިންސައްތަ ވޯޓްފޮށި ހުޅުވިފައިވާ ކަމަށް.
ތ. ތިމަރަފުށިގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި އިތުރު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މި ތިން މީހުންގެ ތެރޭގައި ދެ އަންހެނުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނޭ
ތ. ކިނބިދޫގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓް ކަރުދާސް ދެއްކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ވޯޓް ކަރުދާހުގެ ސަލާމަތީ ފެންވަރު ދަށް ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި. އެމައްސަލަ އޮބްޒާވަރުންނާ ކޮމިޝަނުގެ ސަމާލުކަމަށް ޕީޕީއެމުން ގެނެސްފި
މާލެއާއި ރާއްޖެ އަދި ފޮށިތައް ބަހައްޓާފައިވާ ބޭރުގެ ގައުމުތަކުގައި ވޯޓުލުން ފޯރިއާއެކު ދަނީ ކުރިއަށް
އައިޑީ ކާޑު ވަގަށް ނެގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. ފުލުހުންގެ ސަދަން ރީޖަން އިން ވަނީ އެކަން ޔަގީން ކޮށްދީފަ. ހައްޔަރުކުރި މީހާގެ އަތުން ހަތަރު އައިޑީ ކާޑުވަނީ ފެނިފައި.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ވޯޓު ލެއްވެވީ ބާޖަމާލުއްދީނުގައި ބަހައްޓާފައި ހުރި ފޮއްޓަށް.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވޯޓު ލެއްވީ ސީއެޗްއެސްސީގައި ބަހައްޓާފައި ހުރި ގަލޮޅު އުތުރު 1 ނަންބަރު ފޮއްޓަށް.
ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ވޯޓްލައިފި
ރައީސް ނަޝީދު ވޯޓް ލައްވައިފި. ވޯޓް ލެއްވުމަށް ފަހު މީޑިއާ ނަޝީދު ބައްދަލުކުރައްވާފައެއް ނުވޭ
ތ. ތިމަރަފުށީގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި 09 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވޯޓް ލައްވައިފި
ފ. ފީއަލީގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓް ކަރުދާސް ދެއްކި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. މިއަދު ކުރިންވެސް އެރަށުން ވަނީ މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ކަރުދާސް ދެއްކުމާއި ގުޅިގެން އިންތިހާބުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ވަނީ ގެނެސްފައި
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ކަރުދާސް ދެއްކުމާއި ގުޅިގެން އިންތިހާބުގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް 10 މީހަކު ވަނީ ގެނެސްފައި
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން ޏ. ފުވައްމުލަކުން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޯޓް ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާ ގުޅިގެން ރ. މީދޫއިން 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި ހަމަ މިފަދަ މައްސަލައެއްގައި ލ.ގަމު މުކުރިމަގުން ފިރިހެނަކު ހައްޔަރު ކޮށްފައިވޭ
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ ބާ ޖަމާލުއްދީންގައި ހުރި ވޯޓް ފޮއްޓަކަށް
ވޯޓް ކަރުދާސް ދެއްކި މީހަކު ފ. ފީއަލިން ވެސް ހައްޔަރުކޮށްފި
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވޯޓް ލައްވައިފި
ލ. އިސްދޫގައި ސިސްޓަމްގެ މައްސަލައެއް ދިމާވުމާ ގުޅިގެން ވޯޓުލުން ވަނީ މެދުކެނޑިފައި.
ކޮމިޝަނަ އޮފް ޕޮލިސް ވިދާޅުވީ ފުލުހުން ތިބީ ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރި ނަމަވެސް އަންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކޮށް އެ ސަރުކާރަކާއި އެކު ކުރިއަށް ދިއުމަށް ކަމަށް.
ޓީވީ އެމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ ވޯޓްލުމުގެ ކަންކަން އަމާންކަމާއިއެކު ކުރިއަށް ގެންދިއުން ނޫން ނިޔަތެއް ފުލުހުންގެ ނެތްކަމަށާއި އިންތިހާބުވާ ރަޢީސް އަދި ހުވާ ކުރަންދެން ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް. އަދި އިންތިހާބުގައި ބަލިވާ ފަރާތްތައްވެސް ނުވަތަ އިންތިހާބު ކާމިޔާބުކުރާ ފަރާތްތަކުންވެސް އުފާފާޅު ކުރުމުގެ ތެރެއިން ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އިލްތިމާސް ކުރައްވާކަމަށް ސީޕީ ވިދާޅުވި.
ވޯޓްލުމަށްފަހު ޖަހާ ފާހަގަ ފޮހެލެވޭ މައްސަލަ ވަރަށް ގިނަ މީހުން ގެންދަނީ ޝަކުވާގެ ގޮތުގައި ހުށަހަޅަމުން.
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު ވޯޓް ފޮއްޓަށް ކަރުދާސްކޮޅު ވައްޓާލުމުގެ ކުރިން ވޯޓް ކަރުދާސް ދެއްކުމާ ގުޅިގެން ތ. ތިމަރަފުށިން 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި.
އިންތިހާބުގެ ދެވަނަ ބުރުގައި އިނގިލީގައި ފާހަގަޖަހަން ބޭނުން ކުރާ ދެލީގައި މައްސަލަތަކެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފި. ފާހަގަޖަހަން ބޭނުންކުރާ ދެލި އަވަހަށް ފިލުވާލެވޭ މައްސަލަ ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުން
ޓީވީއެމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ދެންމެ ވިދާޅުވީ މިރޭ 12 ޖެހުމުގެ ކުރިން ވޯޓު ގުނާ ނިމި ވަގުތީ ނަތީޖާ އިއުލާންކުރެވޭނެ ކަމަށް. ނަމަވެސް ރަސްމީ ނަތީޖާ އިއުލާންކުރެވޭނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް އޭނާ ވިދާޅުވި
ބައިނަލްއަގުވާމީ ނިއުސް އެޖެންސީ ތަކުގެ ސަމާލު ކަމަށް ރާއްޖޭގެ އިންތިހާބު ވަނީ އައިސްފައި. ދުނިޔޭގެ ބޮޑެތި ނިއުސް އެޖެންސީ ތައް ކަމުގައިވާ ސީއެންއެން، ބީބީސީ، އަލްޖަޒީރާ ފަދަ ނޫސް އެޖެންސީ ތަކުން ދަނީ ރާއްޖޭގެ އިންތިހާބު ކަވަރުކުރަމުން. އަދި ދުނިޔޭގެ ނިއުސް އެޖެންސީ ތަކުގެ ރިޕޯޓަރުން ގެންދަނީ ރާއްޖޭގައި ހަރަކާތްތެރިވެސް ވަމުން.
އިންތިހާބުގެ ވޯޓްލުމުގައި ބައެއް ސަރަހައްދުތަކުގައި ކުދި ކުދި މައްސަލަތައް ވަނީ ދިމާވަން ފަށާފައި. ނަމަވެސް ބޮޑެތި މައްސަލަތަކެއް ދިމައެއް ނުވޭ
އައްޑޫ ސިޓީ ހިތަދޫ މެދުވަލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލީ މީހަކު ވޯޓް ކަރުދާސް ދެއްކުމާގުޅިގެން 26 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ގދ. ތިނަދޫގައި އިލެކްޝަންސް އޮފިޝަލަކު ހައްޔަރުކޮށްފި. އޭނާ ހައްޔަރުކުރީ އޭނާގެ ބައްޕަ ވޯޓުލިޔަ ނުދިނުމަށްޓަކައި ބައްޕަގެ އައިޑީ ކާޑު ފޮރުވުމުގެ ތުހުމަތުގައި ކަމަށް އެނގިފައިވޭ
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް މަރުގެ އިންޒާރުދީ ފޮނުވަމުންދާ ކަމަށް ބުނާ މެސެޖެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި
ވާތު ކަށިއިނގިލީގައި އެއްކޮށް ފާހަގަ ޖެހުމަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ނިންމުމުން ފުލިދޫގައި ވޯޓްލުން ފަށައިގެން ކުރިއަ އެބަދޭ
ސުލްހަވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފުލުހުން އެމީހުން އާންމުކޮށް މަސައްކަތުގައި ހޭދަކުރާ ވަގުތަށް ވުރެ ގިނަ ވަގުތު މިއަދު ހޭދަކުރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ. އަދި ގާނޫނު ތަންފީޒު ކުރުމަށް އާންމުންގެ އެހީތެރިކަމަށް ސީޕީ ވަނީ ގޮވާލައްވާފައި
Today, Police Officers in all islands will work extra hours to ensure a peaceful election. Urge for public support to maintain law & order.
ވ. ފުލިދޫގައި 50 މީހަކު ވޯޓްލާފައި ވަނިކޮށް ވޯޓުލުން ހުއްޓާލައިފި. ވޯޓުލުން ހުއްޓާލާފައި ވަނީ ވޯޓުލާން އަންނަ މީހުންގެ އިނގިލީގައި ޖަހާ ދެލި ފަސޭހަކަމާއެކު ފޮހެވޭތީ ބަޔަކު ޝަކުވާ ކުރުމުން.
އިލެކްޝަން ކަވަރޭޖްގެ ތެރޭގައި ބައެއް ބްރޯޑްކާސްޓަރުން ކެމްޕޭން ކުރަމުންދާ ކަމަށް ބުނެ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރަމުންދިޔަ ނަމަވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު އެފަދަ ޝަކުވާ އެއް އަދި ލިބިފައި ނުވާ ކަމަށް އެކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ އެފަދަ ޝަކުވާތަކަށް އެކޮމިޝަނަށް ލިބިފައި ނެތް ނަމަވެސް އިލެކްޝަނުން ގާއިމްކޮށްފައިވާ ކޮމްޕްލެއިންސް ބިއުރޯއަށް ފަހަރުގައި ލިބިފައި ހުރެދާނެ ކަމަށް
ކ. ދިއްފުށިން މީހަކު ހައްޔަރުކޮށްފި. އޭނާ ހައްޔަރުކުރީ ވޯޓްލާ ސަރަހައްދުގައި ފުލުހުންނާއި ޒުވާބުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 96،764 ވޯޓު. އެއީ އިންތިހާބުގައި ވޯޓުލީ 208،504 މީހުންގެ 46 ޕަސެންޓް. އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 29 ޕަސެންޓް. އެއީ 61،278 ވޯޓު.
އައްޑޫ ސިޓީގައި ވޯޓް ލުން ކުރިއަށްދަނީ އަމާންކަމާއެކު ކަމަށާއި ގިނަ ބަޔަކު ވޯޓްލާން ނިކުމެފައިވާ ކަމަށާއި އަދި އައްޑޫގެ ހުރިހާ ވޯޓްލާ ސަރަހައްދެއްގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ސަދަން ރީޖަންގެ ކޮމާންޑާ، ޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހްމަދު ޝިފާން ވަނީ މައުލޫމާތު ދެއްވާފައި
ވޯޓްލުމުގައި މިވަގުތު އެއްވެސް ރަހައްދެއްގައި އެއްވެސް މައްސަލައެއް މިހާތަނަށް ދިމާވެފައެއް ނުވޭ. ވޯޓްލުން ކުރިޔަށްދަނީ އޮމާން ކަމާއެކު، ފުލުހުން ވެސް ބުނެފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނެތް ނެތް ކަމަށް
ރާއްޖޭގައި ވޯޓްލުން ފެށިގެން ކުރިއަށްދާއިރު އިންޑިއާ އަދި ސްރީލަންކާގައި ވެސް މިހާރު ވަނީ ވޯޓްލާން ފަށާފައި
ވޯޓްފޮށިތައް ހުންނަ މަރުކަޒުގައި އަމަލު ކުރަން ޖެހޭ ކަމަށް ސުޕްރީމް ކޯޓްގެ ގައިޑްލައިންގައި ވަކި ގޮތްތަކެއް ކަނޑައަޅާފައިވީނަމަވެސް ބައެއް މަރުކުޒުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުން އަމަލު ކުރުމުގައި އެކި އުސޫލުތައް ހަމަޖައްސާފައިވާ ކަމަށް ބައެއް ނޫސްވެރިން ބުނޭ.
ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވޯޓު ލެއްވީ އަރަބިއްޔާގައި ބަހައްޓާފައި ހުރި ފޮއްޓަށް، ވޯޓު ލެއްވެވީ 7:43ގައި
މާލެއާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ވޯޓްލާ މަރުކަޒުތަކުގެ ތެރެއިން ގިނަ މަރުކަޒުގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދާ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ އާއްމު ހާލަތު ރަގަޅު ކަމަށް ފުލުހުން ބުނޭ
މިއަދު ވޯޓްލާން ފެށި އިރު ވޯޓްލާ ނިމި މާދަމާ ހެނދުނު 6:00 ޖަހަންދަން "އަންދަލުސް" ދަރުސް އެއްވެސް ފަރާތަކުން ބްރޯޑްކާސްޓް ނުކުރުމަށް ވަނީ އަންގާފައި. ބްރޯޑްކާސްޓީން ކޮމިޝަނުން ބުނީ އެ ދަރުސާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ކުރިން "އަންދަލުސް" ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގާކަމަށް.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓްލުން ފެށި ވަގުތު ކިއޫގައި ތިބީ މަދު ބަޔަކު. ނަމަވެސް މިފަހަރު ވޯޓް ލުން ފެށި ވަގުތު ގިނަ ބަޔަކު ކިއޫގައި ތިބި ކަމަށް ވީނިއުސްގެ ޖާނަލިސްޓުން ދަނީ ރިޕޯޓް ކުރަމުން.
ރާއްޖޭގެ އެކި ހިސާބު ތަކުގައި ހެނދުނު 7:30 ވުމާއެކު ވޯޓްލާން ފަށައިފި.
މިހާރު ވަނީ ވޯޓްލާން ފަށާ ގަޑި ޖެހިފައި. ބައެއް މަރުކަޒުތަކުގައި ވޯޓްލާން ފަށައިފި. ބައެއް މަރުކަޒުތައް ވޯޓްލާން ފަށަން ރެޑީވެފައި.
މިއަދުގެ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 3886 އޮބްޒާވަރުން ހަރަކާތްތެރިވޭ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޮބްޒާވަރުން ހިމެނޭ. މިވަގުތު ވަނީ ވޯޓްލާން ކުޑައިރުކޮޅަކަށްވެފައި. ހުރިހާ މަރުކަޒެއްވެސް ވަނީ ގާތްގަނޑަކަށް ވޯޓްލާން ފަށަން ރެޑީވެފައި.
ރިޔާސީ އިންތިހާބުގެ މިއަދު ވޯޓްލާން ތައްޔާރުވެފައިވާއިރު އައިޑީ ބައެއް ރަށްރަށުގައި ބައެއް މީހުންގެ އައިޑީ ކާޑްތައް ފޮރުވުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައި. މިވަގުތު ހުރިހާ މަރުކަޒުތަކެއްގެ ކައިރީގައި ވެސް ވަނީ ކިޔޫ ޖެހިފައި.
ދެ ވަނަ ބުރުގައި ވާދަ ކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު. ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި މި އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ
ވޯޓްލާން ކިއޫ ހަދާފައިވާ މީހުން މާލޭގެ އެކި ހިސާބުތަކުގައި
ރިޔާސީ އިންތިހާބުގައި މިއަދު ވޯޓްލުމަށް އިންޑިޔާގެ ޓްވިންޑްރަމް ފޮށީގެ ކައިރީގައި މީހުން ކިޔޫޖެހިފައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ