ހިއްސާ ވިއްކަން ހުޅުވައިލުމާ އެކު އަމާނާ ތަކާފުލްގެ ޑިރެކްޓަރަކު އިސްތިއުފާ ދެއްވައިފި

އަމާނާ ތަކާފުލް މޯލްޑިވްސްގެ ހިއްސާ ވިއްކުމަށް އާންމުކޮށް ހުޅުވައިލުމާ އެކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު އިސްތިއުފާ ދެއްވައިފި އެވެ. އަމާނާ ތަކާފުލް މޯލްޑިވްސްގެ ސީއޯއޯ ހާރިޒް ސުލައިމާނު ވިދާޅުވީ ހަ ޑިރެކްޓަރުންގެ ތެރެއިން ބޯޑުން އިސްތިއުފާ ދެއްވީ ހ. ކިނޮޅަސް ހަސަން މަނިކު ކަމަށެވެ. އޭނާ އަކީ އެ ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ދިވެހި ޑިރެކްޓަރެވެ. ހާރިޒް ވިދާޅުވީ ވިޔަފާރިއަށާއި އަމިއްލަ މަސްއޫލިއްޔަތުތަކަށް ވަގުތު ދެއްވަން ބޭނުންފުޅުވާތީ، ހަސަން މަނިކު އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން، އޭނާ ބޯޑުން ވަކިކުރެއްވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަމާނާ ތަކާފުލްގެ ހިއްސާ ވިއްކަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އަމާނާ ތަކާފުލް މޯލްޑިވްސްގެ ހިއްސާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރު ހަސަން މަނިކަކީ އެ ކުންފުންޏަށް ރާއްޖޭގައި މަގުބޫލުކަން ހޯއްދަވަން މަސައްކަތް ކުރައްވާ ބޭފުޅާ އެވެ. އަދި އޭނާ އަކީ ކުއެނަ ނާގުލް- މޯލްޑިވްސްގެ ޑިރެކްޓަރެއްގެ އިތުރުން އެޗް.އެމް.އެސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ ވަނީ ދިރާގުގައި މަސައްކަތްކުރެއްވުމުގެ ކުރިން ބީއެމްއެލް އާއި އެސްބީއައިގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ