އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އަރުވާލާފައި މީހަކު ފިލުމުން ހަ މަހަށް ޖަލަށް

ކުޑަކުއްޖަކާ އެއް ޖިންސުން ގުޅުން ހިންގައިގެން ތިން އަހަރަށް އަރުވާލަން ހުކުމްކޮށްފައި ވަނިކޮށް، ޕެނިޓެންޝަރީ އަށް ފިލާފައިވާތީ އިތުރު ހަ މަހަށް މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޅ. ނައިފަރު މިސްކިތްދޮށުގޭ އަހުމަދު އިބްރާހިމްގެ މައްޗަށް އެ ހުކުމް އައީ ކުޑަކުއްޖަކާ އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އޭނާ ތިން އަހަރަށް އަރުވާލާފައި ވަނިކޮށް ޑިސެމްބަރު 2008 ގައި މާލެ ގެނައުމުން ފިލާފައިވާ މައްސަލައެއްގަ އެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ އަހުމަދު އިބްރާހީމް ފިލާފައިވާކަން ޕެނިޓެންޝަރީން ފުލުހުންނަށާއި ޅ. އަތޮޅު އޮފީހަށް ފޮނުވި ސިޓީން އެނގޭ ކަމަށެވެ. އެކަމަކު ނުފިލާ ކަމަށް އޭނާ ބުނި ނަމަވެސް އެކަން ސާބިތުކޮށް ނުދެވޭތީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ނިންމައި، ހަ މަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. ހުކުމުގައިވާ ގޮތުން އެއީ އަހުމަދު އިބްރާހީމްގެ މައްޗަށް އެ ބާވަތުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ