ހަވަރަށް ދިނުމުގެ ތުންފަތް މައްޗަށް މިފަހަރު އަޅުގަނޑު ދިޔަ: ރައީސް ނަޝީދު

މުހައްމަދު ޖުނައިދު
މުޒާހަރާކުރަމުންދިޔަ އިދިކޮޅު ފަރާތްތަކާއި، ސިފައިން އަދި ފުލުހުން ގުޅިގެން އިހުތިޖާޖުކުރެއްވުމުގެ ސަބަބުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުގެ ކުރިން، އެމަނިކުފާނު ހަވަރަށް ދިއުމުގެ ތުންފަތް މައްޗަށް ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލުކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ މިވާހަކަތަކަކީ އެމަނިކުފާނަށް ދައްކަވަން ފަސޭހަ ވާހަކަފުޅުތަކެއް ނޫން ކަމަށެވެ.
އެމަނިކުފާނަށް ގިނަ އަދަދެއްގެ އަނިޔާތައް އެކި ފަހަރު މަތިން ލިބިފައިވީ ނަމަވެސް، އަދި، ހަވަރަށް ދެވިފައިނުވާ ކަމަށާއި، 7 ވަނަ ދުވަހު އެމަނިކުފާނު އިސްތިއުފާދެއްވުމުގެ ކުރިން ހަވަރަށް ދިނުމުގެ ތުންފަތް މައްޗަށް ދިޔަ ކަމަށެވެ.
"އަޅުގަނޑަށްވެސް ފަސޭހަ ވާހަކައެއް ނޫން އިނގޭތޯ އާއްމުކޮށް މިވާހަކަތައް ދައްކާކަށެއް. އަޅުގަނޑަށް ގިނަ ގުނަ ބާވައްތަކުގެ އަނިޔާ ލިބިފައި ހުރީ އެހެންނަމަވެސް، އަދި ހަވަރަކަށް ނުދޭ. އަޅުގަނޑު ހަވަރަށް ދިނުމުގެ ތުންފަތް މައްޗަށް މިފަހަރު އައި. އަޅުގަނޑު ބޭނުން އެނގިލަންވެސް އެކަން ހިނގާދިޔައީ ކިހިނެތްތޯ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބައެއް ވިޔަފާރިވެރިން ފޯނު މެދުވެރިކޮށް، ވަކި ވަގުތެއްގެ ތެރޭގައި އެމަނިކުފާނު ހަވަރަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ފޯނު ކޯލުތަކުގެ ރެކޯޑިންގވެސް ހުންނާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ބައެއް ބޮޑެތި ވިޔަފާރިވެރިން ފޯނުންވެސް ވިދާޅުވަމުން ގެންދެވި މިތައް މިނެޓު އިރުގެ ތެރޭގައި ދެން ހަވަރަށް ދެވޭނެ ކަމަށް. އެފޯނު ކޯލުތައްވެސް އަޅުގަނޑަށް ހީވަނީ ރެކޯޑުވެފައިވެސް ހުރިހެން" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ