ކޯސްގާޑްގެ ސިފައިންނަށް ޝާމާލް ތައުރީފް ކުރައްވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވާ މަސައްކަތް ފާހަގަކުރައްވާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.
މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޯސްޓްގާޑުގެ ސިފައިނަށް ތައުރީފް ކުރެއްވީ ސްކޫބާ ސްކޫލް އިންޓަރނޭޝަނަލް (އެސްއެސްއައި) ގެ ފަރާތުން ކަނޑުއަޑީގެ ފުނަށް، ފީނުމަށް ބޭނުންކުރާ އާލާތްތައް އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކުރުމާއި، އަދި އެ ސްކޫލް ގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ޓެކްނިކަލް ޑައިވިންގ އިންސްޓްރަކްޓަރ ކޯހާއި ލައިފް ގާޑް ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"ވޭތުވެ ދިޔަ އަހަރުތަކުގައި އެމްއެންޑީއެފުން ވަނީ އެބޭފުޅުންގެ މަސައްކަތް ފުރިހަމައަށް އަދާކޮށްފަ، އަދި އެސްއެސްއައިގެ ފަރާތުން ހިންގުނު ތަމްރީން ޕޮރޮގްރާމްގެ ސަބަބުން އިތުރު ޑާއިވަރުންގެ ގާބިލްކަން އިތުރުވެ، ރައްޔިތުނަށް ދެމުންގެންދާ ހިދުމަތްތަކަށް އިތުރު ކުރި އެރުންތަކެއްލިބިގެންދާނެ، އަދި ހަދިޔާކުރި ތަކެތީ ގެ ސަބަބުން މަސައްކަތްތައް އަވަސް ވެގެންދާނެ" މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.
ސްކޫބާ ސްކޫލް އިންޓަރނޭޝަނަލްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކުރި ކިޓްތަކުގެ ސަބަބުން ކޯސްޓްގާޑުން ކަނޑު އަޑީގައި ހިންގާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މިހާރަށްވުރެ ގިނަ ވަގުތު ފެނު އަޑީގައި އޮތުމުގެ އިތުރުން މިހާރަށް ވުރެ ފުންކޮށް ފީނުމުގެ ގާބިލްކަން ކޯސްޓްގާޑުގެ ޑައިވަރުންނަށް ލިބިގެން ދާނެކަމަށް އެމްއެންޑީއެފުންބުނެ އެވެ.
ރޭ ގެ ރަސްމިއްޔާތުގައި ކޯސްޓްގާޑް ޓެކްނިކަލް ޑައިވިންގ އިންސްޓްރަކްޓަރ ކޯހާއި ލައިފް ގާޑް ކޯހުގެ ބައިވެރިންނަށް ހަދާނީ ލިޔުން ވަނީ ދެއްވާފަ އެވެ.
މި ތަމްރީން ކޯހުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޓެކްނިކަލް 4 ޑައިވަރުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ 8 ބޭފުޅަކުވަނީ ކޯސް ފުރިހަމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ