މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މައްސަލަ ދެނަގަނެ، ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ރޭ ސްޓެލްކޯއިން ވަނީ ހުޅުމާލެގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވާ ސިސްޓަމް އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. މި މަސައްކަތް ސްޓެލްކޯއިން ކޮށްފައިވަނީ ކަރަންޓު ކަނޑާނުލާ އެވެ.
މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ