ޗިކިން، ގްލޯރިޔާ ޖީންސް އަދި މޯތީ މަހަލްގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޕީއޯއެސް މެޝިނުން ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް ހަފްތާއަކު 35 ކަސްޓަމަރަކަށް 1،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން މާލެ އަދި ހުޅުމާލޭގައި ހިންގާ ޗިކިންގެ ތިން އައުޓްލެޓާއި، ގްލޯރިއާ ޖީންސްގެ ތިން އައުޓްލެޓްގެ އިތުރުން މާލޭގައި ހިންގާ މޯތީ މަހަލްއިން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 35 ކަސްޓަމަރުންގެ ތެރެއިން ކޮންމެ ކަސްޓަމަރަކަށް 1000ރ. ލިބޭނެ އެވެ.
އެމްއައިބީއިން ދަނީ ރޯދަ މަހާއި ދިމާކޮށް އެ ބޭންކުގެ ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަންތަކެއް ހިންގަމުނެވެ. އެގޮތުން އެ ބޭންކުގެ ކާޑުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ފަސް ކަސްޓަމަރަކަށް ދެ މީހެއްގެ ރޯދަ ވީއްލުން ލިބޭ ޕްރޮމޯޝަނެއް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.
މީގެ އިތުރުން އެ ޕްރޮމޯޝަންގެ ދަށުން އެއްވަނަ އިނާމަކަށް ދުބާއީ ދަތުރެއް ލިބޭއިރު، ދެވަނައަށް ދާ މީހަކަށް އައިފޯން 16 ޕްރޯމެކްސްއެއް އަދި ތިން ވަނައަށް ދާ މީހަކަށް ރިސޯޓް ދަތުރެއް ލިބެ އެވެ.
ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާ ގުޅިގެން އެމްއައިބީން ބޮޑު ޕްރޮމޯޝަނެއް ޗިކިން، ގްލޯރިއާ ޖީންސް އަދި މޯތީ މަހަލްއާ ގުޅިގެން އެމްއައިބީން ބޮޑު ޕްރޮމޯޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ