ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ އާއިލީ ހަވީރެއް ބާއްވައިފި

ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާ ބެހޭ ވުޒާރާއިން "އާއިލީ ހަވީރު"ގެ ނަމުގައި އިވެންޓެއް ބާއްވާފިއެވެ.
މި އިވެންޓް އޮތީ 22 ނޮވެމްބަރ 2024 ވީ ހުކުރުދުވަހު މިފްކޯ ކުރިމަތީގައި އޮންނަ ޓާރފް ދަނޑުގައެވެ.
މިހަވީރުގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބޭއްވުނު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ. އަދި ތިމާވެއްޓާ ގުޅޭ ވަރަށް ގިނަ މަޢުލޫމާތުތައްވެސް އާންމުންނަށް ފޯރުކޮށްދިނެވެ.
އެ ވުޒާރާއިން ވަނީ މި އިވެންޓް ކާމިޔާބު ކުރުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް ގިނަގިނައިން ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ