އުރީދޫ ފަން ރަންގައި ރެޖިސްޓާވެ، "ދަ ކޮފީ ބީން އެންޑް ޓީ ލީފް"އިން އިނާމުތަކެއް ހޯދުމުގެ ފުރުސަތު
އުރީދޫ ފަން ރަންގައި ރެޖިސްޓާ ވެގެން "ދަ ކޮފީ ބީން އެންޑް ޓީ ލީފް"އިން ޚާއްސަ އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން އިއުލާންކޮށްފިއެވެ. އުރީދޫއިން ބުނީ މި އަހަރުގެ އުރީދޫ ފަން ރަން 2025 ގައި ދަ ކޮފީ ބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ފަރާތުން ޚާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު، ފަންކިޓުތަކުގެ ތެރޭގައި ފޮރުވިފައި ވާނެ ކަމަށެވެ. އެގޮތުން އުރީދޫ ފަން ރަންގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތްތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވާ ޓިކެޓު ހޯދައި ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުންޏެވެ. ޓިކެޓް • 1 ގޯލްޑެން ސްވާލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް އިން އައިސް ބްލެންޑެޑް ބުއިންތަކުގެ އެއް އަހަރު ދުވަހުގެ ސަޕްލައި. މި އެވޯޑު ލިބޭ ފަރާތަކަށް ޑިސެމްބަރު 19 އިން ފެށިގެން އަންނަ އަހަރުގެ ނޮވެމްބަރު 30ގެ ނިޔަލަށް ކޮންމެ މަހަކު ދެ އައިސް ބްލެންޑެޑް ބުއިން، ހިލޭ ލިބޭނެ • 5 ޕާޕަލް ޓިކެޓް: ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ • 244 ސިލްވާ ޓިކެޓް: ކޮންމެ ބެވަރޭޖެއް ގަންނަ ކޮންމެ މީހަކަށް ފަސް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ރަޖިސްޓްރޭޝަން އަދި ކިޓް އޮޕްޝަންސް: ފަން ކިޓް: 210 ރުފިޔާ: ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭނެ. ސްޓޭންޑާޑް ކިޓް: 110 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ވްރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނޭނެ. https://sun.mv/213150 އުރީދޫ ފަން ރަންގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް އުރީދޫއިން ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރޭޝަނާއި އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ