އެންމެ 18 މަހުން ރާއްޖޭގެ އެއްވަނަ އޫޑޫގެ ޕާޓްނަރަކަށް ހޭޝް މޯލްޑިވްސް އެންމެ 18 މަހުން ރާއްޖޭގެ އެއްވަނަ އޫޑޫގެ ޕާޓްނަރަކަށް ހޭޝް މޯލްޑިވްސް

އެންމެ 18 މަސް ދުވަހުގެ ތެރޭގައި 40 އަށްވުރެ ގިނަ ކުންފުނިތަކުގައި އޫޑޫގެ ހިދުމަތް ދީ، ރާއްޖޭގެ އޫޑޫގެ އެއްވަނަ ޕާޓްނަރުގެ ލަގަބު ހޭޝް މޯލްޑިވްސް އިން ހޯދައިފި އެވެ.
އޫޑޫއަކީ އެއް ސޮފްޓްވެއާ އަކުން ވިޔަފާރީގެ ހުރިހާ ކަމެއް ކުރެވޭ އީއާޕީއެކެވެ. ޔޫރަޕްގެ މަޝްހޫރު މި އީއާރޕީގެ ރާއްޖޭގެ އެންމެ ވަރުގަދަ ޕާޓްނަރ އަކީ މިހާރު ހޭޝްއެވެ.
ހޭޝް މޯލްޑިވްސްގެ ފައުންޑާ އަދި އެމްޑީ، ސަމާހު މުހައްމަދު ވިދާޅުވީ ރާއްޖޭގެ މާހައުލަށް އޫޑޫ ތަރައްގީކުރުމުގެ ގޮތުން ވަރަށް ގިނަ މޮޑިއުލްވެސް ޑިވޮލޮޕްކޮށްފައިވާ ކަމަށާއި ކުއިކްބުކްސް ކަހަލަ އެހެން ސޮފްޓްވެއާތަކުން އޫޑޫއަށް ބަދަލުކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ.
"ހޭޝްއިން މިވަނީ ފުލް އިމްޕްލިމެންޓޭޝަން ކެޕެބިލިޓީ ހޯދައި ދެމެހެއްޓެނިވި ގޮތަކައް އޫޑޫބޭނުން ކުރަން ކުންފުނިތަކަށް އެހީތެރިވުމަށް އެކަމުގެ ވަސީލަތްތައް ގާއިމްކޮއް އޫޑޫގެ ހެލްޕް ޑެސްކެއް ވެސް ގާއިމް ކޮށްފައި،" ސަމާހު މުހައްމަދު ވިދާޅުވި އެވެ.
ހޭޝް މޯލްޑިވްސްއިން ހިދުމަތްދޭ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ، ފިޝަރީސް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު، އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީސް އަދި ކައުންސިލްތަކާއި ސަރުކާރުގެ އިތުރު އޮފީސްތައް ވެސް ހިމެނެ އެވެ.
މިހާރު ހޭޝްގައި ތަޖުރިބާކާރު ސެޓިފައިޑް ޑެޑިކޭޓެޑް އޫޑޫ ޓީމެއް އުޅެ އެވެ.
ސަރުކާރުގެ އިދާރާތަކަށާއި އަމިއްލަ ކުންފުނިތަކަށް 2016 ވަނަ އަހަރުން ފެށިގެން އައިޓީ ސަޕޯޓް ސާވިސް އާއި ވެބްސައިޓާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓާއި ސްޓްރެޓެޖިކް ޑިޖިޓަލް މާކެޓިންގެ ހިދުމަތް ދޭ ހޭޝް މޯލްޑިވްސް އިން އޫޑޫގެ ހިދުމަތް ރާއްޖޭގައި ފެށީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ.
އޫޑޫ ހިދުމަތް ހޯދުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް "ހޭޝް މޯލްޑިވްސް" އާ ގުޅޭނެ ނަންބަރަކީ 7457070 އެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ވެބްސައިޓް އަށް ޒިޔާރަތްކޮށްގެން މައުލޫމާތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ