އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކަށް އަންހެން ކައުންސިލަރުން އިންތިހާބުކުރާ ދާއިރާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި މިއަދު އިއުލާންކޮށްފި އެވެ.
ވީކިހިނެއް؟ - ގާނޫނުގައި ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނައުމުން، ސިޓީ ކައުންސިލްތަކުގެ ދާއިރާތައް އަލުން ކަނޑައަޅަން ޖެހިފައިވެ އެވެ. ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓެއް އީސީން މިއަދު އާންމުކުރި އެވެ.
ވަގުތީ ރިޕޯޓް އާންމުކުރުމަށް ފަހު އީސީން ވަނީ އޭގެތެރެއިން އަންހެން ކައުންސިލަރުންނަށް ހާއްސަކުރާ ދާއިރާތައް ވަކި އިއުލާނެއްގައި އާންމުކޮށްފަ އެވެ.
ތަފްސީލް - ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:
ހުޅުމާލެ އުތުރު ދާއިރާ
ހެންވޭރު އުތުރު ދާއިރާ
ގަލޮޅު އުތުރު ދާއިރާ
މައްޗަންގޮޅި މެދު ދާއިރާ
މާފަންނު މެދު ދާއިރާ
ހެންވޭރު ދެކުނު ދާއިރާ
އައްޑޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:
ހިތަދޫ މާމެންދޫ ދާއިރާ
ހިތަދޫ ބޭރުމަތި ދާއިރާ
މަރަދޫ ދާއިރާ
ފޭދޫ މަގުއްދޫ ދާއިރާ
ގދ. ތިނަދޫ ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:
ތިނަދޫ އިރު އުތުރު ދާއިރާ
ތިނަދޫ ހުޅަނގު ދެކުނު ދާއިރާ
ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:
ކުޅުދުއްފުށި މެދު އުތުރު ދާއިރާ
ކުޅުދުއްފުށި އިރު ދެކުނު ދައިރާ
ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެން ކައުންސިލަރުންނަށް ހާއްސަކުރުމަށް ކަނޑައެޅި ގޮނޑިތަކަކީ:
ދަޑިމަގު ދާއިރާ
މާލެގަން ދާއިރާ
ދޫނޑިގަން ދާއިރާ
އެނގުން މުހިންމު - އަތޮޅު ކައުންސިލްތައް އުވާލައި އައްޑޫ ސިޓީން ދެ ރަށެއް ވަކިވުމުން، އަންނަ ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާނީ ފަސް ސިޓީ ކައުންސިލާއި 179 ރަށު ކައުންސިލަކާއި އެއިން ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމިޓީތަކެވެ. އެގޮތުން
ތިން ކައުންސިލަރުން އިންތިހާބުކުރަނީ 133 ރަށަކަށް؛ މިއީ އާބާދީގައި 2،000 ހަމަނުވާ ރަށްރަށް
ފަސް ކައުންސިލަރުން އިންތިހާބުކުރަނީ 46 ރަށަކަށް؛ މިއީ އާބާދީގައި 2،000 ހަމަވާ ރަށްރަށް (މީގެ ތެރޭގައި އައްޑޫ ސިޓީން ވަކިވި ހުޅުދޫ އާއި މީދޫ ހިމެނޭ)
ސިޓީތަކުގެ ތެރެއިން މާލެއަށް 18 ކައުންސިލަރުން، އައްޑޫއަށް 11 ކައުންސިލަރުން، ފުވައްމުލަކަށް ނުވަ ކައުންސިލަރުން، ކުޅުދުއްފުއްޓާއި ތިނަދޫއަށް ހަތް ކައުންސިލަރުން
ސިޓީ ކައުންސިލްތަކަށް އަންހެން މެންބަރުން އިންތިހާބުކުރާ ދާއިރާތައް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ