ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑުން 7 ޕޮއިންޓްގެ ލީޑެއް ނަގައިފި

ސްޕެނިޝް ލަލީގާގައި ރޭ ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލަލީގާގައި ރޭ ވެލެންސިއާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރިމެޗް ރެެއާލުން ކާމިޔާބުކުރީ 0-4 ނަތީޖާއަކުންނެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗްގެ އެޓީމުން ލީޑް ނެގީ 19 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީއަކުން އެމަބާޕޭ އެވެ. އަދި އޭގެ 12 ވަނަ މިނެޓް ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެލިހަމް ވަނީ އިތުރު ލަނޑެއްޖަހައި  ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ތިން ލަނޑަށް ފުޅާކޮށްފައެވެ.
މެޗްގައި ފަހު ހާފްގައި ފެނިެގެންދިޔަ ލަނޑު ރެއާލްއަށް ޖަހައިދިނީ 82 ވަނަ މިނެޓް ތެރޭގައި ކަރެރަސް އެވެ. މެޗްގައި ރެއާލްގެ ވިނިޝިއަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އޭނާ ޖެހި ޕެނަލްޓީ ވަނީ ވެލެންސިއާގެ ކީޕަރު މަތަކޮށްފައެވެ.
ލަލީގާ ތާވަލް
ސްޕެނިޝް ލީގްގައި މިރޭ ބާސެލޯނާ ނިކުންނާނީ އެލްޗޭއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ