އުރީދޫގެ 20 ވަނަ އަހަރީ ދުވަސް:އުރީދޫއިން ހިލޭ ބޮޑުބެރު ކްލާސްތަކެއް ފަށަނީ ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޯދުމަށް ފުލުހުންނާ އެކު އޭނާ މަސައްކަތް ކޮށްފި! ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެއްސެއްނޫން- އިމިގްރޭޝަން ޤައުމީ ދުވަހަށް ތައްޔާރުވުމުގެ މަސައް

މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބުން ސްޓެލްކޯއަށް އެނގޭ ކަމަށާއި، މައްސަލަ ހައްލުކުރާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު 9:30 ހާއިރު މާލެއާއި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑުނެވެ. އަދި ކަރަންޓު ކެނޑުނުތާ ދެ ގަޑިއިރާއި 40 މިނެޓް ފަހުން، 12:13ގައި އަލުން ވަނީ ކަރަންޓު ދީފައެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެކްނިކަލް ތަފުސީލުތައް މިވަގުތު ދެންނެވެން ނެތް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ