ހަނިމާދޫ ރިހެބުގައި ހުރި މީހަކު މިއަދު މަރުވެ، މައްސަލަ ބަލަނީ

ހދ. ހަނިމާދޫ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ކުއްލި ގޮތަކަށް މިއަދު މަރުވެފައިވާތީ އެމައްސަލަ ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.
ރިހެބުގައި ހުރި އެ މީހާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މަރުވީ ކޮން ސަބަބަކާއި ހުރެ ކަމެއް އެންޑީއޭ އަކުން ހާމައެއް ނުކުރެ އެވެ.
އެންޑީއޭ ހިންގަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދުވަސްވަރު އެތަނުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވުމުގެ ސަބަބުން އިތުރު ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އެ އޭޖެންސީއަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ބުނެ އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދު ވިދާޅުވީ އެންޑީއޭ އިސްލާހު ކުރުމުގެ މަސައްކަތް ލަސްވަމުން ދިޔުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ