ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އޮންނާކަށް ބޭނުމެއް ނޫން: ރައީސް ނަޝީދު

ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އޮންނާކަށް ބޭނުމެއް ނޫން ކަމަށާއި އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިގެން އުޅެނީ ކޮރަޕްޝަނާއި ހެދި ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބިގެން ދިޔައިރު އައްޑޫ ސިޓީން ވެސް އެމްޑީޕީން އުއްމީދުކުރި ވަރުގެ ކާމިޔާބީއެއް ނުލިބިފަ އެވެ. އިންތިހާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރާއި އެމްޑީޕީގެ ލީޑަޝިޕަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. ކައުންސިލް އިންތިހާބަށްފަހު މިއަދު ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުން ބަލިވި ސަބަބު އެންމެން އިށީނދެފައި ބަލާނެ ކަމަށާއި މިކަމުގައި އެމަނިކުފާނާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމެދުގައި އޮތް ކުށަކީ ކޮބައިކަން ވެސް ބަލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ."އެ ކުށް އަޅުގަނޑުމެން ދެ މީހުން ތެރޭގައި އުޅެންޖެހޭނެ. އެއަކު އެއްވެސް ޝައްކެއް ނެތް" ނަޝީދު ވިދާޅުވިއެވެ.އިންތިހާބުން ބަލިވުމުގެ ފަހަތުގައި އެމަނިކުފާނުގެ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ވެސް އުޅުއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އިންތިހާބުގެ ނަތީޖާގެ މާނަ އާއި ސަބަބުތައް އެނގޭނީ ފަހުން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން ކޮރަޕްޝަނާ ދެކޮޅު ކަމަށާއި، ފާޅުގައި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގަން އެފަރާތްތަކުން ނޭދޭ ކަމަށެވެ. އެކަހަލަ ކަމެއް ހިނގާ ކަމަށް ވާނަމަ މެންބަރުން ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެކަން ފާހަގަވަމުން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ."އެތެރޭގެ މައްސަލަ އޮވެގެން ނާކާމިޔާބުވީ، އެއީ ކޮރަޕްޝަން، އެމްޑީޕީގެ މެންބަރުން އަބަދުވެސް ބޭނުން ވާނެ މި ޕާޓީ ނަޒާހަތްތެރި ވާން، ސަރުކާރުގެ ތެރޭގަ ކޮރަޕްޝަން އޮންނާކަށް ބޭނުމެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.ރައީސް ނަޝީދު މިއަދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލް ގެއްލުނީ އެންޓިކެމްޕެއިން ކޮށްގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ."ރަނގަޅަށް [އެންޓި ކެމްޕޭން] ނުކުރެވުނީމާ ކަމަށް ގަބޫލުކުރަނީ. އެންޓިކެމްޕެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.ނަމަވެސް އެމްޑީޕީއަށް އެންޓި ކެމްޕެއިން ކުރަން ނުކެރޭ ކަމަށާއި ދޭތެރެއަކުން އެއްޗެއް ބުނުމަށް ފަހު ވެސް އޭގެ އަސްލު "ފުންމިނަށް" ނުދެވޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅަށް އެންޓި ކެމްޕެއިން ކުރެވުނު ނަމަ އޭގެ ނަތީޖާ ފެނުނީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ