ސުވެނިއާ ފިހާރަތަކުގެ ދަފުތަރެއް އެކުލަވާލަނީ

ޓޫރިސްޓުންނަށް ހާއްސަ ސްވެނިއާ ފިހާރަތަކުގެ ޑައިރެކްޓްރީއެއް އެކުލަވައިލުމުގެ މަސައްކަތް ޓޫރިޒަމުން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިި ބުނީ، ސްވެނިއާ ވިޔަފާރިއަކީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު އެއް ވިޔަފާރިއަށް ވާއިރު އެ ފިހާރަތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގު އިތުރަށް ތަނަވަސް ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ސްވެނިއާ ފިހާރަތަކުން ލިބޭ ހިދުމަތްތައް ވެސް ވީ އެންމެ ފުރިހަމަ ގޮތެއްގައި ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށެވެ.
އެހެންކަމުން، ފަތުރުވެރިކަމާއި ސުވެނިއާ ޝޮޕްތަކާއި ބޮޑަށް ގުޅުވާލުމުގެ ބޭނުމުގައި ރާއްޖޭގައި ހިންގާ ސުވެނިއަ ފިހާރަތަކުގެ ޑައިރެކްޓަރީއެއް އެކުލަވާލުމަށް މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަަމަށް ވެސް ބުންޏެވެ.
ޓޫރިޒަމުން ބުނީ، ސްވެނިއާ ވިޔަފާރި ދަފުތަރުގައި ހިމެނުމަށް ބޭނުންވާނަމަ، އެ ވިޔަފާރިތަކުން މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ މަހު އަށެއްގެ ކުރިން ފޮނުވައި ދޭން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ