ޝާހިދު ޗައިނާ ސަފީރާއި ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ހޮންގް އާއި ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޗައިނާ ސަފީރު ޖަންގް ވިދާޅުވީ، މިނިސްޓަރު ޝާހިދާއި ބައްދަލުވުމަކީ ލިބުނު އުފަަލެއް ކަމަށެވެ. އަދި މި ބައްދަލުކުރުމުގައި ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެވުނު ކަމަށް ޗައިނާ ސަފީރު ވިދަޅުވެފައިވެއެވެ. އަދި މި އަހަރު ޗައިނާ އާއި ރާއްޖެ ގުޅިގެން ދެ ޤައުމަށް ފައިދާވާނެ ގިނަ ކަންކަން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އާއި ރާއްޖެއާއި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކޮވިޑު-19 އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅުމުން އިންޑިއާގެ ހުއްދަ ނުލިބިގެން އެދެވޭ ގޮތެއްގައި ޗައިނާ އިން ރާއްޖެއަށް އެހީ ވެދީފައިނުވެއެވެ.
ވެރިކަމަށް އައުމުގެ ކުރިން އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ