ޔާމީން ޖަލަށްލި މައްސަލައިގެ ހުކުމް އިއްވުން ޖަނަވަރީ 21 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފުގެ ނިމި ހުކުމް ކުރުމުގެ މަޖިލީސް ބުރާސްފަތި ދުވަހަށް ތާވަލުކުރުމަށް ފަހު ފަސްކޮށްފި އެވެ.
ރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދެއްކުމަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން އެ ހުކުމް އިއްވީ ދައުލަތުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލާގަ އެވެ.
އެމަނިކުފާނު ޖަލުގައި ހުންނަވާތާ 400 ވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
ހައިކޯޓުން މިއަދު ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހަށް ތާވަލު ކުރިނަމަވެސް އެ އަޑުއެހުން މި މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމިޏްގެ އިސްތިއުނާފު ޝަރީއަތް ނުނިމި ދިގުލައިގެންދާތީ އެމަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަދި އެމަނިކުފާނު ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރުވެސް ރައީސް ޔާމީންގެ ދެ ޝަރީއަތެއް ދަށު ކޯޓްގައި ކުރިއަށް ދެއެވެ. އެއީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ