ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ވެސް ބޮލަކަށް 220ރ.

ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު ވެސް ބޮލަކަށް 220ރ.ގެ މަގުން ޒަކާތް ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ މިއަދު ވިދާޅުވީ ޒަކާތުގެ ގޮތުގައި މި އަހަރު 2.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ފައިސާ ފަގީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައި ތިބި 11،000 އަށް ވުރެ ގިނަ މީހުންނަށް ބަހަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރު ވެސް ޒަކާތުގެ ގޮތުގައި ބަހާފައި ވަނީ 220ރ. އެވެ.
"މިއަދާއި މާދަމާ އަޅުގަނޑުމެން ޒަކާތް ބަހާނަން. އަދި މާދަމާ ބަހައި ނުނިމިއްޖިއްޔާ ހުކުރު ދުވަހާއި ހަނދު ނުފެނިއްޖެ ނަމަ ހޮނިހިރު ދުވަހު ވެސް ބަހައި އީދުގެ ކުރިން ޒަކާތް ނިންމާނެ،" އޭނާ ވިދާޅުވި އެވެ.
މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން 80،000 އަށް ވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވެ އެވެ.
ޒަކާތުގެ ފައިސާ ހޯދުމަށްދާއިރު، ޒަކާތް ލިބިގަތުމަށް ރަޖިސްޓްރީކުރި ކާޑު ގެންދަން ޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ޒަކާތް ޒަކާތް ލިބިގަތުމަށް ނުދިއުމުގެ ސަބަބުން އިތުރުވާ ފައިސާ ވެސް ފަގީރުންނަށް ބަހައި ނިންމާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ