ރައީސް ޔާމީން މުލަކު އަތޮޅަށް ވަޑައިގަންނަވަނީ

މިމަހުގެ 23 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން މުލަކު އަތޮޅަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވިއެފީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މުލަކު އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
އެ ދަތުރުފުޅުގައި، މ.ނާލާފުއްޓަށާއި، ދިއްގަރަށާއި އެއަތޮޅު މުލަކަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް އިފްތިތާހުކޮށްދެއްވަން ހަމަޖެހިފައިވާ ކަމަށް މުލަކު އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ.
ރައީސް ޔާމީންވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު އަތޮޅުގެ މެންބަރު ކަމާއި އެ އަތޮޅު މުލަކުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ރައީސް ޔާމީންވަނީ މީގެ ކުރިން ވެސް މުލަކު އަތޮޅަށް ވަޑައިގެންފައެވެ. އޭރު އެމަނިކުފާނު މުލަކު އަތޮޅަށް ވަޑައިގެންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ