އަދީބުގެ ދައުވާތައް ބާތިލުކުރުން އިސްތިއުނާފު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން އުފުލާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކުރި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
ހަތް ދައުވާ ބާތިލްކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ. ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ސީރިއަސް ބޮޑެތި ދައުވާތައް ހިމެނެ އެވެ.
ނަމަވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަކާާ ނުލައި ކުރިމިނަލް ކޯޓުން މިއަދު ނިންމީ ދައުވާތައް ބާތިލްކުރުމަށެވެ. އެއީ އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ ދައުވާތަކަކަށްވުމާއި މައްސަލާގައި ގޯސްކޮށް އަދީބާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ އެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމެވެ.
މިހާރުގެ ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ