ކޮވިޑަށް 975 މިލިއަން ރުފިޔާ ހޭދަ ކުރެވިފައިވޭ

ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 975.7 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 25 އާއި ހަމައަށް ކޮވިޑްގެ ކަންތަކަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ މެދުވެރިކޮށެވެ. ންޑީއެމްއޭ މެމެދުވެރިކޮށް 641.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މީގެ އިތުރުން ންޑީއެމްއޭ މެމެދުވެރިކޮށް 641.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑާ ގުޅިގެން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ދިނުމަށާއި ބޭނުންވާ ސާމާނު ހޯދުމަށެވެ. އެކަމަށް 466 މިލިއަން ހޭދަކޮށްފައިވާއިރު ކޮވިޑާއި ގުޅިގެން ހޯދަންޖެހުނު މެޝިނަރީސްތަކަށް ނުވަތަ ކެޕިޓަލް އިކުއިޕްމެންޓުތަކަށް 180.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އަދި ކޮވިޑާއި ގުޅިގެން އަސަރުކުރި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 339.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެސްޑީއެފްސީ މެދުވެރިކޮށް 108.8 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރަތްތަކަށް މިހާތަނަށް 10.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާއިރު ކޮވިޑް ރިކަވަރޯ ލޯން ސްކީމުގެ ދަށުން 350 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ސަބްސިޑީ ނުވަތަ އެހީގެ ގޮތުގައި ސަރުކާރުން ވަނީ މި މުއްދަތުގެ ނިޔަލަށް 114.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޮޕަރޭޝަނަލް މަސައްކަތްތަށް 67 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މި މަސައްކަތުގައި ބޭނުންކުރާ އިމާރާތްތަކަށް 59.9 މިލިއަން ރުފިޔާ ހޭދަކުރި އިރު ދަތުރުތަކަށް 4.2 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ