އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ހިދުމަތް އަލުން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި، އައިޑީ ކާޑުގެ ހިދުމަތާއި އާކޮށްދިނުމުގެ ހިދުމަތް އަލުން ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނެފިއެވެ.
ޑީއެންއާރްއިން ބުނީ، މެދުކެނޑުމަކަށް ފަހު އައިޑީ ކާޑުގެ ހިދުމަތާއި އާކޮށްދިނުމުގެ ހިދުމަތަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެެވެ.
ޑީއެންއާރްއިން ބުނީ، އައިޑީކާޑު ހެއްދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކާޑު ބަލާއި އައުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައި ފޯނު ނަމްބަރަށް ފޮނުވާނެ ކަމަށެވެ.
އަދި ކާޑު ބަލާއި ދާން ޖެހޭނީ ކާޑުގެ ވެރިފަރާތުން ކަމަށާއި، އެކަމަކު 18 އަހަރު ނުފުރޭ ކުދިންގެ އައިޑީކާޑު އެކުދިންގެ ކާޑު ހިފައިގެން އަންނަ ބެލެނިވެރިއަކަށް ހަވާލުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި ކާޑު ބަލާއި ވެރިފަރާތަށް ނާދެވޭކަމުގައި ވާނަމަ ފޯމު ހުށަހަޅާއިރު ކާޑާއި ހަވާލުވާނެ ފަރާތުގެ މައުލޫމާތާއި ސަބަބު ބަޔާންކޮށް ސިޓީއެއް ހުށަހެޅުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށް ޑީއެންއާރް އިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ