ސޯޝަލް މީޑިއާގައި ދީޕިކާގެ ރަނިކަން!

ދީޕިކާ ޕަޑުކޯން އަށް މިއަހަރަކީ ވަރަށް ޚާއްސަ އަހަރެކެވެ. އޭނާ ވަނީ މިއަހަރު ފުރަތަމަ ފަހަރަށް ހޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރަން ފަށައިފައެވެ. އިންޓަނޭޝަނަލް ވުމަން އޮފް ދަ އިޔަރ އެވޯޑާއި ސްޓާ ސްކްރީން ސްޓައިލް އައިކޮން އެވޯޑްވެސް އޭނާއަށް މިއަހަރު ލިބުނެވެ.
ދީޕިކާގެ ތަރި ގަދަޔަށް ފިޔަ ޖަހަމުންދާއިރު އޭނާއަށް ސަޕޯޓުކުރާ އެތަކެއް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. މިކަން އެންމެ ރަނގަޅަށް ހާމަވެގެން ދަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓު ތަކުންނެވެ. މިއަހަރުގެ ކުރީކޮޅު އޭނާ ވަނީ އޭޝިއާގައި އެންމެ ގިނަ މީހުން ޓްވިޓާގައި ފޮލޯ ކުރާ އަންހެނާ އަށް ވެފައެވެ. އެއީ 16 މިލިއަން ފޮލޮވާސް އެވެ.
ދާދި ފަހުން ޓްވިޓާ އިންޑިއާ އިން ހާމަކުރި 2016 ވަނަ އަހަރު އެންމެ ގިނަ މީހުން ފޮލޯކޮށްފައިވާ މީހުންގެ ލިސްޓުގައި އިންޑިއާގެ އަންހެނަކަށް އެންމެ ގިނަ މީހުން ފޮލޯކުރަނީ ދީޕިކާއެވެ. މި ލިސްޓުގައި ހިމެނޭ އިތުރު މީހުންގެ ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ, އަމީތާބް ބައްޗަން އަދި ޝާހުރުކް ޚާން ހިމެނެއެވެ.
ޓްވިޓާގެ އިތުރުން, އިންޑިއާ އަންހެނަކަށް އެންމެ ގިނަ މީހުން ފޭސްބުކާއި އިންސްޓަގްރާމްގައި ވެސް ފޮލޯ ކުރަނީ ދީޕިކާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ