އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމަށް 3 ކުންފުންޏެއްގެ މައްޗަށް ދައުވާކުރަނީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅުންހުރި ފައިސާ ހޯދުމަށް ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދު ވިދާޅުވީ، ޑޮލަރުގެ މުއާމަލާތްކުރުމުގެ ނަމުގައި އެމްއެމްޕީއާރުސީން ތިން ކުންފުންޏަކަށް ފައިސާ ދޫކޮށްފައިވާކަމަށާއި، އެ ފައިސާތައް އަނބުރާ އެމްއެމްޕީއާރުސީއަށް ހޯދުމަށް ޝަރީޢަތަށް ހުށައަޅާފައިވާކަމަށެވެ.
އެ ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅާފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 10.7 މިލިއަން ޑޮލަރު ހޯދުމަށާއި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން 2.5 މިލއަިން ޑޮލަރު އަދި މޮންޓަލިއަން އިންޓަރނޭޝަންލް ޕްރައިވެޓް ލިމިޓެޑްއިން 1.47 މިލިއަން ޑޮލަރު ހޯދުމަށެވެ.
ތައްޔިބް ވިދާޅުވީ ފައިސާ ހޯދުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ކުރަމުންދަނީ އޭޓާނީ ޖެނަރަލްގެ އެދުމުގެ މަތިން އެއީ އެކުންފުންޏަށް ސީދާ ލިބެން ޖެހޭ ފައިސާއެއް ކަމަށްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ