އީދާ ދިމާކޮށް ބީއެމްއެލުން ފޮޓޯ މުބާރާތެއް ބާއްވަނީ

ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.
"އީދު ކިހިނެއް؟" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ޖޫން 4-6 އަށެވެ. ކަލަންޑަރުގައި އީދު ކަމަށް މިހާރު ކަނޑައަޅާފައި ވަނީ ޖޫން 4 އެވެ.
މި މުބާރާތުގައި ބައިވެރިިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވައި އެއިން ކޮންމެ މީހަކަށް 5،000ރ ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.
މުބާރާތުގައި ބައިވެރިވުމަށް އީދުގެ އުފާވެރިކަން ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި #އީދުކިހިނެއް ޖެހުމަށް ފަހު ޝެއާކުރުމުން ބައިވެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ