އައްޑޫ ސިޓީން ވަގަށް ނަގައިފައިވާ ސައިކަލެއްގެ ބައިތައް ފޮރުވާފައި ހުއްޓާ ހޯދައިފި

އައްޑޫ ސިޓީން ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ސައިކަލުގެ ބައިތަކެއް ގޯއްޗެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދައިފި އެވެ. މި ތަކެތި ހޯދާފައިވަނީ ރޭ 10:00 އެހާކަށް ހާއިރު ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ ސައިކަލްގެ ބައިތަށް ފެނުނީ، ވަގަށް ނަގައިފައިވާ ތަކެތި ހުރެދާނެ ކަމަށް ބެލެވޭ ގޯއްޗެއް ބަލައި ފާސް ކުރުމުން ދެ ގޯންޏަކަށް އަޅާފައި ހުއްޓާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެނެވެ. މިއަހަރު މިހާނަށް ވައްކަމުގެ 1،613 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން މިމަހު ހުށަހެޅި 320 މައްސަލައެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ