ޝަރީފް މަޖިލީހަށް އޮޅުވާލި ކަން ސާފުވެއްޖެ - ނަޝީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައި އޮތް ކަން މިހާރު ސާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ އިއްޔެ ޝަރީފުގެ ފަރާތުން ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމާއި ގުޅިގެން ޝަރީފްއަށް ފިޔަވަޅު އެޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ނިންމި ނަމަވެސް މިހާރުދެން ޝަރީފުގެ މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އަޅުއްވަން ފޮނުއްވާނެކަމަށެވެ.
"މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ބެއްލެވިއިރު، ޝަރީފް މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައި އޮތް ކަން މިހާރު ސާފު އޭނާގެ މައްސަލަ އަނބުރާ ފުލުސް އޮފީހުން ގެންނަން ޖެހޭ ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ ދޮގު މައުލޫމާތު ދިން މައްސަލަ އިތުރަށް ތަހްގީގް ކުރަން ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަން ނިންމާފައިވާއިރު ސަރުކާރުގެ ވެރިޔަކު ވިޔަސް މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށާއި އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ހަފްތާފައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ