ހިތާދޫ ރައްޔިތުންނަށް ވަގުފު ކޮށްފައިވާ މާމަޑުއްވަރީ ހޯދާނެކަމަށް އަތޮޅު ރައްޔިތުން ބުނަން ފަށައިފި

މާމަޑުއްވަރިލިޔުނީ: ފާތުމަތު ސާއިރާ
އަތޮޅުގެ ފެނާ ނަރުދަމާ އާ ސިއްހީ ޚިދުމަތާ އެކަށީގެންވާ ތައުލީމާ މިހެންގޮސް އެތައް އަސާސީ ޚިދުމަތްތަކާ ބޭނުންތަކެއް ފުއްދެއް ނެތަސް ބ. އަތޮޅަކީ  2882 ފަތުރުވެރިކަމުގެ އެނދާއެކު  ދުނިޔޭގެ އެންމެ މަތީފެންވަރު 15 ރިސޯޓް ހިންގާ އަތޮޅެކެވެ. ރިސޯޓެއް އަދި އޮތަކަސް އެކަމުން ރައްޔިތުންނަކަށްވެސް އަތޮޅަކަށްވެސް ސީދާ ފައިދާވެ ޚިދުމަތްތައް ރަގަޅު ނުވާކަމުގެ އެންމެ ބޮޑު  ހެއްކަކީވެސް ރިސޯޓް ގިނަ ބ. އަތޮޅެވެ. ރިސޯޓްތައް ދިނުމުގައި ރައްޔިތުންގެ ފައިދާއަށް ބެލިފައިނުވާކަމަކީ އެންމެންވެސް ގަބޫލުކުރާ ކަމެކެވެ. މި އަޑުތައް އަހައި ރައީސް ޔާމީންގެ ދައުރުގައި ރިސޯޓް ހިއްސާ ރިސޯޓް މުވައްޒަފުންނަށް ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެ ވައުދު ވިޔަސް ދައުރު ނިމިގެން ދިއައީ އެ ވައުދު ފުއްދުމަށް އެއްވެސް ކަމެއް ނުކުރެވިއެވެ. ފަޅުރަށް ރަށް ރިސޯޓް ހަދަން ބޮޑެތި މަހުޖަނުންނަށް ދިނުމުގައި އާމްދަނީގެ ފައިދާ އަތޮޅަށާ އަތޮޅުރައްޔިތުންނަށް ވަންނަ ގޮތަށް ނުހެދުމުގެ އިތުރުން އަތޮޅުގެ ރަށްރަށުގެ ޤަނޫނީ އަދި އިންސާނީ ހައްގުތަކަށްވެސް ފަޅުރަށް ދިނުމުގައި އަރައިގެންފައިވާ ކަމަށް ބެލެވޭފަދަ ކަމެއް  މިފަހުން ސޯޝަލް މީޑިއާގެ ޒުވާބެއްގެ ތެރެއިން ފެންމަތިވެއްޖެއެވެ. ޝަބީނާ އޭ މަނިކު ކިޔާ މީހަކު ކުރި ޒުވާބެއްގައި ބ. އަތޮޅު މާމަޑުއްވަރިގެ ފޮޓޯއެއް ޖަހާ ތިމަންނަގެ ކުންފުންޏަށް މަސައްކަތް ކޮށްލަށް އަންނާށޭ ކިޔާ މީހަކަށް ރައްދުދިނެވެ.
މިރަށަކީ ޓުއަރިޒަމް
މިނިސްޓްރީގެ މަޢުލޫމާތުތައް ދައްކާ ގޮތުން ކޯސްޓް ލައިން އިންވެސްޓް މެންޓް ކިޔާ
ކުންފުންޏަކަށް ރިސޯޓެއް ހަދަން މީހާރު ދޫކޮށްފައިވާ ރަށެކެވެ. ބ. އަތޮޅަށް އުފަން
ބ. އަތޮޅު ރައްޔިތެއް ކަމަށް ވާ މަޝްހޫރު ތާރީޚީ ލިއުންތެރިޔާ ޝަންމޫން ޖަލީލް މި
ޓްވީޓަށް ރަށްދެ ދެއްވަމުން ރަށާ ބެހޭ ތާރީޚީ ވަރަށް ގިނަ މައުލޫމާތު ތަކެއް
ހިއްސާ ކުރެއްވިއެވެ.
1777 ގައި އަލްގާޒީ މުހައްމަދު މުހިއްބުއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖްލީހުގައި ހިތާދޫ މީހުންގެ ވަގުފާއި މެދު ނިންމުނީ އިހު ފަތްކޮޅުތަކުން ވެސް ސާބިތުވާތީ ބ. އަންހެނުންފުއްޓާއި ބ. މާމަޑުއްވަރި އަކީ ހިތާދޫ މީހުންގެ ވަގުފު ދެ ރަށް ކަމުގައި. ކުންފުނި އައީ މާ ފަހުން ދެއްތޯ؟ pic.twitter.com/FdvA4WvOru— Luke (@Lucasjalyl) July 20, 2019“1777 ގައި އަލްގާޒީ މުހައްމަދު
މުހިއްބުއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖްލީހުގައި ހިތާދޫ މީހުންގެ
ވަގުފާއި މެދު ނިންމުނީ އިހު ފަތްކޮޅުތަކުން ވެސް ސާބިތުވާތީ ބ.
އަންހެނުންފުއްޓާއި ބ. މާމަޑުއްވަރި އަކީ ހިތާދޫ މީހުންގެ ވަގުފު ދެ ރަށް
ކަމުގައި. ކުންފުނި އައީ މާ ފަހުން ދެއްތޯ؟ 1777 ގައި އަލްގާޒީ މުހައްމަދު
މުހިއްބުއްދީން އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގެ މަޖްލީހުގައި ހިތާދޫ މީހުންގެ
ވަގުފާއި މެދު ނިންމުނީ އިހު ފަތްކޮޅުތަކުން ވެސް ސާބިތުވާތީ ބ.
އަންހެނުންފުއްޓާއި ބ. މާމަޑުއްވަރި އަކީ ހިތާދޫ މީހުންގެ ވަގުފު ދެ ރަށް
ކަމުގައި. ކުންފުނި އައީ މާ ފަހުން ދެއްތޯ؟”
މި ރަށަކީ އިހުޒަމާނުގައި
ހިތާދޫ މީހުންނަށް ވަގުފު ކޮށް ދަނޑުބިން ހައްދަން ބޭނުންކޮށްފައިވާ ރަށެއް
ކަމަށްވުމުން ބ.ހިތާދޫ މީހުންގެ ހައްގަކަށް ބެލުމެއް ނެތި އަދި އެމީހުންގެ ހިއްސާ
ނެތި ކުންފުންޏަކަށް ހަވާލުކުރުމަކީ ރާއްޖެއާ އަދި ބައިނަލް އަގްވާމީ
ޤާނޫނުތަކުންވެސް ސުވާލު އުފެދޭ މުޢާމަލާތެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިމައްސަލަ ފޭސްބުކްގައިވެސް ފެތުރު ބައެއް ހިތާދޫ ރަށްޔިތުން އެރަށް އަނބުރާ
ހޯދާނެކަމަށް ފޯރިއާއެކު ވާހަކަ ދައްކަމުން ދެއެވެ.
މާޑުއްވަރީ ނަގާފައިވާ ކޯސްޓްލައިން
އިންވެސްޓް މެންޓް ކިޔާ ގުރޫޕް އެއްގެ ކުންފުނި ވެބްސައިޓްގައި އެމީހުންގެ
އަމާޒަކީ 2020 އަންނަން ވާއިރަށް 2000 ފަތުރު ވެރިކަމުގެ އެނދު ބާޒާރަށް
ނެރުންކަމަށް ބަޔާން ކޮށްފައިވެއެވެ. މަދު އެއް ބައެއްގެ އަތްްމައްޗަށް
ފަތުރުވެރިކަމުގެ މިހާ ބޮޑު ޝެއަރއެއް ދިއުމަކީ ރައްޔިތުންގެ މެދުގައި
ހަމަހަމަކަން ގެއްލި އިޖްތިމާއީ އަދާލަތު ގެއްލި އެކަމުގެ ސަބަބުން ޑިމޮކްރަސީއާ
މިނިވަންކަމަށްވެސް އޮތް ހުރަހެއްކަން ފަތުރުވެރިކަމުގައި އުޅޭ ފަރާތްތައް ސިޔާސީ
މީހުންނަށް ފޯރުވާ ނުފޫޒުންނާ ހަމައެކަނި އެމީހުންނަށް ފައިދާ ވާގޮތަށް ފާސްކުރަން
ޤާނޫނުތަކުން ހާމަވާނެއެވެ. އަދި ޤާނޫނު އަސާސީ ދީފައިވާ އެތައް ހައްގެއް ރިސޯޓު
މުވައްޒަފުންގެ ކިބައިން ނިގުޅައިގަތުމާއި ސަރވިސް ޗާޖްފަދަ ޤާނޫނުގައި
ބަޔާންވެގެންވާ ހައްގުތައް ނުދީ ހިފެހެއްޓިއަސް ސަރުކާރުތަކުން އަޅައި ނުލުން
ހެއްކަކަށް ފުދެއެވެ.
 ބ. އަތޮޅު ރައްޔިތުންނަށް ފައިދާ ވާގޮތަށް ބ. އަތޮޅުގެ ބޭނުންތަކަށް ބަލައިގެން ބ. އަތޮޅު ރައްޔިތުން ހިއްސާވެގެން ބ. އަތޮޅު ރައްޔިތުންގެ ހައްގުތައް ނުގެއްލޭނެ ހެން، ފަޅުރަށްރަށުގެ ބޭނުންކުރެވޭނެ ގޮތެއް ވަނީ ރައްޔިތުންނާ ސަރުކާރާ އަދި މަޖިލީހާ މަޝްވަރާކޮށް ހޯދަން ޖެހިފައެވެ. އަދި މިމައްސަލައަކީ ޓުއަރިޒަމަށްޓަކާ ސުމާރެއް ނެތި ފަޅުރަށް ދީފައިވާ އަރިއަތޮޅާ، މާލެ އަތޮޅާ، ރ. އަތޮޅާ ދ. އަތޮޅު ފަދަ އަތޮޅުތަކަށް ދިމާވެފައިވާ ވަރަށް ބޮޑު ރައްޔިތުން ގޮތެއް ހޯދަން ޖެހިފައިވާ ސީރިއަސް މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ