ފުލުހުން އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ - ސީޕީ

ފުލުހުން، ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ބޭނުންކުރަން ވާނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށާއި، އާއްމުންނާއި މެދު އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލްއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ފުލުހުން އޭނާގެ ކަރަށް ފައިން އަރައި މަރާލި މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސީޕީ ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.
ހަމީދު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން، ހާލަތާއި ބައްދަލުވާ ގޮތަކަށް ކަަމަށެވެ. އަދި މަސްލަހަތު ހިމާޔަތް ކުރުމަށް އެ ނޫން ގޮތެއް ނެތް ހާލަތްތަކުގައި ފުލުހުންނަށް ބާރު ބޭނުން ކުރެވޭނެ ކަމަށެވެ.
އަދި ފުލުހުން އަނިޔާވެރިވުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
ފްލްއިޑް މަރާލި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ގިނަ ބަޔަކު އަންނަނަނީ ބުނަމުންނެވެ. އެގޮތުން އޭނާ ވައްޓާލުމަށްފަހު އޭނާ ކަރު މަތީގައި ފުލުހަކު ކަކޫ އަޅައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.
ފްލޮއިޑް މަރުވުމުން ގިނަ ބަޔަކު ވަނީ އެއަމަލު ހިންގި ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރަން ގޮވާލައި މުޒާހަރާ އަށް ނިކުމެފައެވެ.
ފުލުހުންގެ އިދާރާ އިން ވަނީ އެކަމުގައި ބައިވެރިވި ހަތަރު ފުލުހުން ވަޒީފާ އިން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ